އީދާ ދިމާކޮށް އޭދަފުށީ މަގުތަކުގެ އަޑިގުޑަންތަކަށް ވެލިއަޅަން ފަށައިފި

khfgs.jpg

އޭދަފުށީގެ މަގުތަކުގައި އުފެދިފައިވާ އަޑިގުޑަންތަކަށް ވެލި އަޅައި އެއްވަރުކުރުމުގެ މަސައްކަތް ކައުްނސިލުން އިއްޔެ ކުރިޔަށް ގެންދަނީ. އީދުގެ ކުރިން ރަށުގެ އިޖްތިމާއީ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތްވެސް ކުރާނެކަމަށް ކައުންސިލުން ބުނޭ / ފޮޓޯ: އޭދަފުށީ ވޮއިސް

އަންނަ އަޟްހާ އީދަށް އޭދަފުށީގެ މަގުތަކާ ގޯޅިތަކުގައި އުފެދިފައި ހުރި ބޮޑެތި އަޑިގުޑަންތަކަށް ވެލިއަޅައި އެއްވަރުކުރަން ފަށައިފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިމަސައްކަތުގެ ދަށުން ވެލިއަޅައި އެއްވަރު ކުރަމުންދަނީ ރަށުގެ ބޮޑެތި މަގުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަދި އާންމު ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ގޮތަށް އުފެދިފައިވާ އަޑިގުނޑަންތަކަށް ކަމަށެވެ. އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން އީވީއަށް ވިދާޅުވީ އެގޮތުން މިދިޔަ 2 ދުވަހު ރަށު ކައުންސިލަރުންނާއި، އެމްއާރުޑީސީގެ ވެހިކަލްތަކުގެ އެހީގައި ގިނަ ސަރަހައްދުތަކަކަށް ވެލި އަޅައި އެއްވަރު ކުރެވިފައިވާ ކަމަށެވެ. ތޮލާލް ވިދާޅުވީ އީދުގެ ކުރިން ރަށުގެ އިޖްތިމާއީ ސަރަހައްދުތައް ސާފުކުރުމާ، ރަށުތެރެ އަމާން ކުރުމުގެ މަސައްކަތްވެސް ކައުންސިލުން ކުރަމުންދާކަމަށެވެ.

“ވަރަށް ބޮޑަށް ހަލާކުވެ ދުއްވާ އެއްޗެތި ދުއްވުމަށާ، ހިނގާ މީހުންނަށް އެންމެ އުނދަގޫވާ ހިސާބުތަކަށް މިހާރު އެހުރީ ވެލިއަޅާ އެއްވަރު ކުރެވިފައި. މަގުތައް އެކަންޏެއް ނޫން. ކައުންސިލްގެ މެމްބަރުންނާ މުވައްޒަފުން އިއްޔެ ބަންދަރު ސަރަހައްދުގައި ހުރި ކުނި ބުނި ނެގުމާ، ދިގުޕާކުތައް ސާފުކުރުންވެސް ކުރިޔަށް ދިޔަ. އީދު ކުރިން އެކަންކަން ނިންމޭތޯ އަޅުގަނޑުމެން މިމަސައްކަތް ކުރަނީ” ތޮލާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަގުތަކަށް ވެލިއަޅަމުންދާއިރު އެންމެ ބޮޑަށް ފާހަގަކުރެވެނީ ބައެއް ގޭގެއިން ގަވާއިދާ ހިލާފަށް މަގުމައްޗަށް ދިޔަދޮވި ހޮޅިތައް ދޫކޮށްލާފައިވާކަމެވެ. އަދިމަގުތައް ހަމަޔަކަށް އެޅުވުމުގައި އާންމު ރައްޔިތުން ކައުންސިލްގެ އާންމު ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ތޮލާލް ގޮވާލެއްވިއެވެ.

އޭނާ ވިދާޅުވީ އޭދަފުށީގެ މަގުތަކުގައާ، އިޖްތިމާއީ ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބެހެއްޓިފައިވާ ތަކެތީގެ މައްސަލައަކީވެސް ކަންބޮޑުވާ މައްސަލައެއްކަމަށާ، އީދަށްފަހު މަގުތަކުގައި ހުރި މިފަދަ ނޭދެވޭ ކަންކަން ހަމަޔަކަށް އެޅުވުމަށް މަޝްވަރާ ކުރެވެމުންދާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top