ހިތާދޫ ކައުންސިލުން އެރަށު ބަަނދަރުން ފެންލިބޭނެ އިންތިޒާމު ހަމަޖައްސައިފި

Mdpdhmenarungevaudhufunehee.jpg

ހިތާދޫ ކައުންސިލްގެ ފަރާތުން ރަށުގެ ބަނދަރުގައި ހަދާފައިވާ އިސްކުރު ބަރި.ފޮޓޯ : ހިތާދޫ އޮންލައިން

މަސްވެރިންނަށާއި އޮޑިދޯނިފަހަރަށް ފަސޭހައިން ފެން ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ރަށުގެ ބަދަރުގައި ފެންއިސްކުރު ބަރިއެއް ބަހައްޓައި އެތަނުން ފެންލިބޭނެ އިންތިޒާމު ހިތާދޫ ކައުންސިލުން ހަމަޖައްސައިފި އެވެ.

ހިތާދޫ އޮންލައިންއިން މި ޚަބަރު ގެނެސްދެމުން ބުނެފައިވަނީ ، ހިތާދޫ ކައުންސިލްގެ ބަޖެޓުން ތިރީސްނުވަހާހެއްހާ ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މި އިސްކުރު ތަކުން ދޫކުރާނީ ބިމުން ނަގާ ފެން ކަމަށާއި ފެން ދޫކުރުމަށް ހަމަޖައްސާފައިވަނީ އެއްވެސް އަގަކާ ނުލާ ކަމަށް ކައުންސިލްގެ މެންބަރު އަބްދުލް އަޒީޒު ވިދާޅުވިކަމުގައެވެ.

މި އިސްކުރުބަރިން ފެން ލިބޭގޮތްވުމުން ރަށުގެ މަސްވެރިއަކު ބުނީ ” މީގެ ކުރިން މި ޖެހެނީ ގާޑިއާގަނޑަކަށް ފެންހަންތައް އަރުވައިގެން ވަރަށް ދުރަށް ހިންގަން . މި އިސްކުރުތަކުން ފެން ދޫކުރުމަކީ ލިބުނު ވަރަށް ބޮޑު ފަސޭހައެއް. ” ކަމުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top