އޭދަފުށީގެ މަގުހެދުމުގެ މަސައްކަތް މިމަހުގެ ފަހުކޮޅު ފެށޭނެ- ނަޒީމް

9646.jpg

އެމްއާރްޑީސީ އިން ރަށެއްގެ މަގު ހެދުމުގެ މަސައްކަތުގައި .

 

އެއްއަހަރުދުވަހުގެ ތެރޭގައި އޭދަފުށީގެ 15 މަގުގައި ތާރުއަޅާ ނިންމުމަށް މިދިޔަ އަހަރުގެ ޖޫން މަހު ހައުސިންގ މިނިސްޓްރީއާއެކު މޯލްޑިވްސް ރޯޑް ދިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އެންމެ ދެމަހަށް ވެފައި ވަނިކޮށް ، މިމަހު ފަހުކޮޅު އޭދަފުށިގެ މަގުހެދުމުގެ މަސައްކަތް ފެށޭނެކަމަށް އެމްއާރްޑީސީގެ މެނެޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަސް މިއަދު މައުލޫމާތު ދެއްވަމުން ނަޒީމް ވިދާޅުވީ ބ.އޭދަފުށީގެ މަގު ހެދުން މިމަހުގެ ފަހުކޮޅުގައި ފެށިގެންދާއިރު، އޭދަފުށްޓާއި އެކު އެކީގައި އދ.މަހިބަދޫ އާއި ރ.މީދޫ އަދި އުނގޫފާރުގެ މަގުހެދުމުގެ މަސައްކަތްވެސް ފެށިގެން ދާނެކަމުގައެވެ.

ނަޒީމު މިހެން ވިދާޅުވިއިރު މީގެ ކުރިންވެސް ވަނީ މަދު ހެދުން ފެށުމަށް އެތައް ތާރީޚެއް ކަނޑައަޅައި އެތާރީޚަށް ފެށޭނެކަމަށް ވިދާޅުވެ  އެތާރީކްތައް ފަހަނައަޅައި ދިޔައިރުވެސް މަސައްކަތް ނުފެށިކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

އޭދަފުށީގެ މަގު ހެދުމަށް ބޭނުންވާ ބައެއް ހެވީ ވެހިކަލްތަކާއި މަގުގެއަރިމަރީގައި ޖަހާ މަދު އަދަދެއްގެ ގާކޮޅަކާއި މިނޫންވެސް ބައެއް ތަކެތި އޭދަފުށްޓަށް ގެނަސް ހުންނަތާ ވެސް މިހާރު ތިންމަހަށްވުރެ ގިނަ ދުވަސް ވަނީއެވެ.

 

ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، މަގުހެދުމަށް ބޭނުންކުރާ ތަކެތި ގެންނަނީ ރާއްޖެއިން ބޭރުން ކަމައްވާތީ އެކަމަށް މުއްދަތެއް ހޭދަވާކަމަށެވެ. އޭނާ ވިދާޅުވީ މިހާރު މަގުހަދަންފަށާ ރަށްރަށަށް ބޭނުންވާ އިތުރު ސާމާނު ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ގެންދެވޭނެކަމަށެވެ.

އެމް.އާރު.ޑީސީން ރަށްރަށުގައި މަގުތަށް ހަދަނީ ތާރު އަޅައިގެން ބައިނަލްއަޤްވާމީ މިންގަނޑަށް ފެތޭ ގޮތަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top