ޔަޒީދު ކުރިމަތިލައްވާފައިވަނީ “އެމްޑީޕީގެ ރޭވުމަކުން” – ސަލީމް

saleem1.jpg

އޭދަފުށީ ދާއިރާގެ މަޖިލިސް އިންތިހާބަށް އަމިއްލަގޮތުން ވާދަކުރައްވާ އަބްދުﷲ ޔަޒީދު (މުއާ) އެދާއިރާއަށް ކުރިމަތިލައްވާފައިވަނީ އެމްޑީޕީގެ ރޭވުމަކުންކަމަށް ބުނެ ޔަޒީދަށާ، އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެއެވެ.

ޗެނަލް 13 ން ރޭ ގެނެސްދިން ބަހުސްގައި ޔަޒީދަށް އިޝާރާތްކުރައްވައި ސަލީމް ވިދާޅުވީ އެމަނިކުފާނަށް ލިބިފައިވާ މައުލޫމާތު ކުއްކަމުގައި ނުވަނީނަމަ އަމިއްލަ ގޮތުންނޭކިޔާފައި ޔަޒީދު މިދާއިރާއަށް ނުކުންނެވީ އެމްޑީޕީގެ ވަރަށްބޮޑު ރޭވުމަކުންކަމަށާ، އެމްޑީޕީގެ ރޭވުމަކީ ސަރުކާރު ކޯލިޝަނަށް ލިބޭ ވޯޓްތައް ބައިކޮށްލައި އެމްޑީޕީ ކެންޑިޑޭޓަށް ފުރުސަތު ބޮޑުކުރުން ކަމަށެވެ.

“އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ކުއްކަމުގައި ނުވަނީނަމަ އަޅުގަނޑުގެ ވާދަވެރިޔާ މިދާއިރާއަށް ކުރިމަތިލެއްވީ އެމްޑީޕީގެ ވަރަށްބޮޑު ރޭވުމަކުން. އޮޅުވާލުމަކުން. އެހެންނަމަވެސް ﷲގެ އިރާދަފުޅާއެކު ވާދަވެރިން ބަލިކުރާނީ ބޮޑުތަފާތަކުން. ލަދުގަންނަވަރުގެ ތަފާތަކުން” ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ މިވާހަކަތައް ޔަޒީދު ދޮގުނުކުރައްވާއިރު، މިކަމާގުޅިގެން އިތުރު ވާހަކައެއް ޔަޒީދު ނުދައްކައެވެ. އެހެންނަމަވެސް އޭނާބުނީ މަޖިލީހުގައި ހުންނާނީ މިނިވަނެއްގެ ގޮތުގައި ކަމަށާ، ޕާޓީއަކާ ނުގުޅޭނެކަމަށެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ހިސާން ބައިވެރިނުވެ ކުރިޔަށްދިޔަ މިބަހުސްގައި ސަލީމް ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯގެ ބޭރުން އަމިއްލަ މެނިފެސްޓޯއެއް ހަދައިގެން އަމިއްލަ ކެންޑިޑޭޓަކު އަޔަސް އެކަންފީޒުކުރާނެ ގޮތެއް ނެތްކަމަށާ، މާއްޑޫ ތަރައްޤީކުރިޔަސް އޭދަފުށި ތަރައްޤީކުރިޔަސް އެކަން ކުރެވޭނީ ސަރުކާރުގެ ކެންޑިޑޭޓަށް ސަރުކާރުގެ މެނިފެސްޓޯތެރެއިންކަން އެންމެންވެސް ދަންނަކަމަށެވެ.

ރޭގެ ބަހުސްގައި ޔަޒީދު ބައިވެރިވިއިރު އެމްބީސީން ބޭއްވި ބަހުސްގައި ޔަޒީދު ބައިވެރިއެއްނުވެއެވެ. އަނެއްކޮޅުން އެމްބީސީ ބަހުސްގައި ބައިވެރިވި ހިސާން ރޭ ޗެނަލް 13 ގައި ބޭއްވި ބަހުސްގައި ބައިވެރިއެއް ނުވެއެވެ. އެހެންނަމަވެސް 2 ބަހުސްގައި ސަލީމްވަނީ ބައިވެރިވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top