އެވޯޑަކަށް ޝައުގުވެރިކަމެއް ނެތް

kangana-ranaut-135-v.jpg

ފިލްމް “ކްއީން ” ގައި ދައްކައިދީފައިވާ މޮޅު އެކްޓުން ގައުމީ އެވޯޑް ލިބިފައިވާ ކަންގަނާ ރަނައުތު ބުނަނީ އެވޯޑަކަށްވުރެ ބޮޑަށް އޭނާ އުންމީދު ކުރަނީ ފިލްމް ބަލާމީހުން އޭނާގެ މަސައްކަތް ބަލައިގަތުން ކަމުގައާއި އޭނާ އެންމެ އުފާވާނެ ކަމަކީ އެއީ ކަމުގައެވެ. “މީގެ ކުރިންވެސް އަހަންނަށް ވަނީ ކިތަންމެ އެވޯޑެއް ލިބިފަ. އެކަމަކު އެއަށް ވުރެ އަހަރެން ބޭނުމީ އަހަރެންގެ ފޭނުން ހިތްހަމަ ޖެހުން.”ކަންގަނާ ބުނެފައި ވެއެވެ.

” އަހަރެންގެ ފިލްމު ތަކުގައި ހުންނާނީ ރަނގަޅު އެކްޓެއް ދައްކައިދީފައި. އެކަން ޔަގީން ކުރެވެނީ އަހަރެންގެ ސަޕޯޓަރުން އަހަންނަށް ތައުރީފުކޮށް ސޯޝަލް މީޑިއާ ގައާއި އެހެން ގޮތްގޮތުންވެސް ދައްކާފައި ހުންނަ ވާހަކަ ތަކުންނާއި ލިބޭ މެސެޖް ތަކުން. އެކަމަށް އަހަރެން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި މިއީ ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ” ފިލްމު ފެޝަންގެ ވެސް އެކްޓަރ ބުންޏެވެ.

ކަންގަނާގެ ކާމިޔާބު ފިލްމު ތަކުގެ ތެރޭގައި ވޯ ލަމްހޭ އާއި ފެޝަން ގެ އިތުރުން ކްއީން ވެސް ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top