އަމިއްލަފުއްޓާއި ވައްކަރު ރިސޯޓުގައި ވޯޓުފޮށި ނުބަހައްޓަން ނިންމައިފި

Elections-Commissioner-Ahmed-Shareef.jpg

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އަންނަ މަހު 23ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުފޮށި ނުބަހައްޓަން ނިންމި 13 ތަނުގެ ތެރޭގައި ބ. ވައްކަރުގައި ހިންގަމުން އަންނަ ވައްކަރު މޯލްޑިވްސް ރިސޯޓާއި އަމިއްލަފުށި ރިސޯޓު ހިމަނައިފިއެވެ.

މިއަދު އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު ބައެއް މީޑިއާތަކަށް ވިދާޅުވީ އެ ތަންތަނުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވަނީ އެ ތަންތަނަށް ރީރެޖިސްޓާ ވުމަށް ދިން މުއްދަތުގައި އެކަށީގެންވާ ވަރަށް ރީރެޖިސްޓާ ކޮށްފައި ނުވުމުން ކަމަށެވެ.

އެގޮތުން ވައްކަރު މޯލްޑިވްސް އަށް ވޯޓު ލުމަށް ރީ ރަޖިސްޓްރީ ކޮށްފައިވަނީ ތިން މީހުން ކަމަށާއި އަމިއްލަފުށި ރިސޯޓަށް ވޯޓު ލުމަށް ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ މީހެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި ދެރިސޯޓަށް ވޯޓު ލުމަށް ރީ ރަޖިސްޓްރީ ވުމަށް ހުށަހެޅި ހަތަރު މީހުންނަށް އަލުން ރީ ރެޖިސްޓްރޭޝަން ފޯމް ހުށަހެޅުމަށް އަންނަ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމަޔަށް ހުޅުވާލާފައިވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ވޯޓުފޮށި ބަހައްޓަން ނިންމާފައިވާ ބ.އަތޮޅު ރިސޯޓުތަކުގެ ތެރޭގައި އަންނަތަރާ ކިހާވައް ވިލާސް އާއި މިލައިދޫ އައިލެންޑް މޯލްޑިވްސް ރިސޯޓް އަދި ރޯޔަލް އައިލެންޑް ރިސޯޓް ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top