ކަނޑު އުޅަނދުފަހަރު ޗެކްކުރަން ފަށައިފި

l_165117546710qn37.jpg

ފުލުހުން، ލޯންޗަކަށް އަރައި ޗެކް ކުރަނީ -- ފޮޓޯ/ ޕޮލިސް

ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް އަދި އަންނަ މަހުގެ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހު ކުރިއަށް ގެންދާ އެ އޮޕަރޭޝަންގައި އުޅަނދުތަކުގެ ސަލާމަތީ ކަންކަން ހުރީ ރަނގަޅަށްތޯ ބަލާނެ ކަމަށެވެ.

މި ހަރަކާތުގެ ތެރެއިން ފެރީގެ ގޮތުގައި ރަށްރަށަށް ދަތުރުކުރާ އުޅަނދުތަކާއި ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު ފަޅުގައި އަޅާފައިވާ އޮޑިފަހަރަށް ޒިޔާރަތްކޮށް، އެއުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމައަށް ހުރިތޯ ބަލައި ޗެކްކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ދަތުރުކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާއި އުޅަނދުތަކުގެ މައުލޫމާތު އެއްކުރާނެއެވެ.

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މާލެ ހިމެނޭ ސަރަހައްދުގައި ފެރީގެ ގޮތުގައި ބޭނުންކުރާ އުޅަނދުތަކާއި ފަޅުގައި އަޅާފައިވާ އުޅަނދުތަކަށް ޒިޔާރަތްކޮށް، ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމައަށް ހުރިތޯ ބަލައި ޗެކްކުރުމުގެ ޕްރޮގްރާމުތަކަކީ ސިލްސިލާކޮށް ހިންގާ ޕްރޮގްރާމް ތަކެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top