މަހުލޫފް ވިދާޅުވަނީ އެފްއޭއެމް އިން އަޅަން ނިންމާފައިވާ ދަނޑުތަކެއް ނޭޅޭނެ ކަމަށް

48368789_2189255718029094_735855282239832064_n.jpg

މިނިސްޓަރ މަހުލޫފް ބ.އަތޮޅުގައި

ބ.ކަމަދޫވެސް ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ސަރަހައްދުގައި އެފްއޭއެމް އިން އަޅަން ނިންމާފައިވާ 20 ފުޓްބޯޅަ ދަނޑުތަކުގެ މަސައްކަތްތައް ދެން ނުނިންމޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެންބަރަކު، އެފްއޭއެމް އަޅަން ނިންމާފައިވާ 20 ދަނޑުގެ މަސައްކަތުގެ އަޕްޑޭޓެއް ދެއްވުމަށް އެދިވަދައިގެން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ އެފްއޭމްއިން އަޅަން އުޅުނު ފުޓްބޯޅަ ދަނޑުތަކަކީ މިހާރު ނުވާނެކަމެއް ކަމަށް ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މަައްސަލައަށް އަވަސް ހައްލެެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 20 ފުޓްބޯޅަ ދަނޑު އަޅަން ދެކުނު ކޮރެއާގެ ކުންފުނި ސްކައި ވިންގް ގްލޯބަލް ކުންފުންޏާ އެފްއޭއެމްއިން ހަވާލުކުރީ 2020 ވަނަ އަހަރު މާޗު މަހުއެވެ.

އޭރު އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މަހަކު ދަނޑެއް ނިންމާ ގޮތަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top