އެމްޑީޕީގެ ކިއްލާއެއްގެގޮތުގައި އޮތް ކަމަދޫ ، ޕީޕީއެމްގެ ވަރުގަދަ ކިއްލާއަކަށް ބަދަލުވެއްޖެ: ނިހާން

25398124_767519963458939_3592586083007479972_o.jpg

ބ. ކަމަދޫއަކީ އެމްޑީޕީގެ ވަރަށް ބޮޑު ކިއްލާއެއްގެ ގޮތުގައި އޮތް ރަށެއް ކަމަށާއި ނަމަވެސް މިއަދު އެރަށް ޕީޕީއެމްގެ ވަރުގަދަ ކިއްލާއަކަށް ބަދަލުކޮށްލާފައިވާ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު، ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ ރޭ ބ. ކަމަދޫގައި ޕީޕީއެމްގެ ޖަގަހަ އެއް ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ނިހާން ވިދާޅުވީ އެމްޑީޕީ މީހުން ދެކެނީ ތަރައްގީއަކީ ޕާޓީގެ ދިދަ ނަގައި ދެއިރު ދެދަޅައަށް ބޭލުން ކަމަށާއި އެ ޕާޓީގެ މީހުންނަށް ހަގީގީ ތަރައްގީ ނޭނގޭ ކަމަށެވެ. ތަރައްގީ އެމްޑީޕީ މީހުންނަށް ނުފެންނަނީ ބުއްދި ގޯސްވެފައިވާތީކަމަށާއި އެމްޑީޕީ ފިކުރަކީ ފަނާވަނިވި ފިކުރު ކަމަށް ނިހާން ވިދާޅުވިއެވެ..

މިރަަސްމިއްޔާތުގައި ވާހަކަ ދެއްކެވި އެހެން ބޭފުޅުންގެ ވާހަކައިގާ ވެސް އިދިކޮޅު ފަރާތްތަކަށް ފާޑު ކިއުމާއެކު ރައީސް ޔާމީން ގައުމަށް ގެނެސް ދެއްވަމުން އަންނަ ކުރިއެރުމާއި އަތޮޅުތެރެއަށާއި ކަމަދޫ އަށް އައިސްފައިވާ ތަރައްގީގެ ވާހަކަ ތަފްސީލީގޮތެއްގައިވިދާޅުވެފައިވެއެވެ.

ކަމަދޫގައި ޕީޕީއެމްގެ ޖަގަހައެއް ބިނާކުރީ ރައީސް ޔާމީން މިގައުމަށް ކުރައްވާ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުމުގެ ގޮތުން ކަމަށާ މި ޖަގަހައިން އަންނަ ދައުރަށް ރައީސް ޔާމީން އިންތިހާބުކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ބޭފުޅުންގެ ވާހަކައިގާ ވިދާޅުވެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top