މަންތާ ފެސްޓިވަލް އިފްތިތާހު ކޮށްފި

viber-image-2.jpg

މަންތާ ފެސްޓިވަލްގެ މުބާރާތްތަކުން ވަނަތައް ހާސިލުކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުން- ފޮޓޯ : މުހައްމަދު ނައުރީފް

“ބ.އެޓޯލް މަންޓާ ފެސްޓިވަލް 2018″ގެ ނަމުގައި ބާއްވާ މަންތާ ފެސްޓިވަލް މިއަދު ދަރަވަންދޫގައި އިފްތިތާހު ކޮށްފިއެވެ.

މި ފެސްޓިވަލް އިންތިޒާމުކޮށްފައިވަނީ ބ.އަތޮޅު ބަޔޯސްފިއާ ރިޒާވާ އޮފީހާ ބ.އަތޮޅު ކައުންސިލާއި ދަރަވަންދޫ ކައުންސިލާއި މަންތާ ޓްރަސްޓް އަދި ފޯސީޒަން ލަނޑާ ގިރާވަރު ރިސޯޓު، މަންތާ ޓްރަސްޓް ޖަމިއްޔާ އާ ގުޅިގެންނެވެ.

ބ.އަތޮޅަކީ ތިމާވެށީގެ ގޮތުން ދުނިޔޭގައި ފާހަގަކޮށްލެވޭ ތަންތަނުގެ ތެރެއިން ހިމާޔަތް ކުރެވިފައިވާ ބަޔޯސްފިއަރ ރިޒާވް އެއް އޮންނަ ރާއްޖޭގެ ހަމައެކަނި އަތޮޅެވެ.

ބ. އަތޮޅު މަންތާ ފެސްޓިވަލް، ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ނަޝީދުގެ އިތުރުން ތިމާވެއްޓާބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު އާއި ތިމާވެއްޓާއި ގުޅުންހުރި އެކި އެންޖީއޯތަކުން ވެސް ވަނީ ބައިވެރިވެފައެވެ.

މަންތާ ފެސްޓިވަލްގައި 22 ސްޓޯލް ހުންނައިރު މިސްޓޯލްތަކުން ތިމާވެއްޓާ ގުޅޭ މައުލޫމާތު ދިނުމާ ސަރުކާރުގެ ބައެއް މުއައްސަސާތަކުން ކުރަމުންގެންދާ މަސައްކަތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އަދި ޢާއްމުންނަށް ގުދުރަތީ ދިރުންތަކާ، މިދިރުންތައް ރައްކާތެރި ކުރުވުމާބެހޭގޮތުން މިކަމާގުޅޭ ތަޖުރިބާކާރުން މައުލޫމާތުދިނުމަށް ހަމަޖެހިފައިވެ އެވެ.

ފޮޓޯ : މުހައްމަދު ނައުރީފް

މިފެސްޓިވަލްގެ އިވެންޓެއްގެ ގޮތުގައި ކުރެހުމުގެ މުބާރާތާއި ފޮޓޯގްރަފީ މުބާރާތެއް ވަނީ ބާއްވާފައެވެ. މި މުބާރާތުގެ ވަނަތަކަށް ހޮވޮނު ފޮޓޯތައް މަންތާ ފެސްޓިވަލުގައި އާއްމުންނަށް ދައްކާލުމުގެ އިތުރުން ބ އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ސްނޯކަލް ކުރުމަށް ފުރުޞަތުވެސް ފެސްޓިވަލް އިން ލިބިގެންދާނެ އެވެ.

ރާއްޖެގައި އަލަށް ބާއްވާ މަންތާ ފެސްޓިވަލަކީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ދިރުމުގެ މުއްސަނދިކަމާ، މިތަންތަނުގައި އުޅޭ ދިރޭ ތަކެތި ރައްކާތެރިކޮށް ހިމާޔަތްކުރުމާބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ކުރުމުގެ މަގުސަދުގައި ބާއްވާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލުގައި ބ.އަތޮޅުގެ ތިމާވެށިގެ މައުލޫމާތާއި މަންތާ ނުވަތަ އެން މަޑިއާބެހޭ މައުލޫމާތު ވެސްދިނުމަށް ހަމަޖެހިފައިވެ އެވެ.

މިރޭ ފެސްޓިވަލް މިރޭ 10 ޖަހާއިރު ނިންމާލުމަށް ހަމަޖެހިފައިވަނީ ފޯރިގަދަ މިއުޒިކް ޝޯއަކުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top