ބީއެމްއެލް އިން ވެހިކަލް ލޯނު ތައާރަފްކޮށްފި

large_155099050857YQu8-1.png

ބީއެމްއެލްގެ ވެހިކަލް ލޯނާ ގުޅޭގޮތުން މައުލޫމާތު ދެއްވަނީ--- ފޮޓޯ/ ބީއެމްއެލް

އެކިއެކި ބޭނުންތަކަށް ގަންނަން ބޭނުންވާ ވެހިކަލް ، ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖައްސައި ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ‘ވެހިކަލް ލޯން’ ތައާރަފްކޮށްފިއެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ވެހިކަލް ގަތުމަށް މަހަކު ދައްކަން ޖެހޭ އެންމެ ކުޑަ އަދަދު ކަނޑައެޅިފައިވާ ލޯނެވެ. އަދި ހަމައެހެންމެ މިއީ ރާއްޖޭގައި އިންސްޓޯލްމަންޓަށް ވެހިކަލް ދޫކުރާ ފަރާތްތަކުން މަހަކު ދައްކަން ޖެހޭ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ތަކަށްވުރެންވެސް ކުޑަ އަދަދެއްކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ގޮތުން އެއްވެސް ރަހުނަކާ ނުލައި 500،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ އިރު ލޯނު އަނބުރާ ދެއްކުމަށް ވެސް 5 އަހަރުގެ ދިގު މުއްދަތެއް ލިބިގެން ދާނެއެވެ.

މިކަމާބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބީއެމްއެލް ރީޓެއިލް ބޭންކިންގެ ސީނިއާ މެނޭޖަރު ބަދުރުއްދީން ހަސަން ވިދާޅުވީ ވެހިކަލް ލޯނަށް އެދި ހުށަހަޅާއިރު ގަންނަން ބޭނުންވާ ވެހިކަލްގެ 20 އިންސައްތަ، ކަސްޓަމަރު އަމިއްލަ އަށް ޚަރަދު ކުރަންޖެހޭ ކަމަށާ މިއާއެކު ބީއެމްއެލް ވެހިކަލް ލޯން ގެ ދަށުން ގަންނަން ހުށައަޅާ ކޯޓޭޝަނަކީ ބީއެމްއެލް އާއެކު އެގްރީމަންޓް ކުރެވިފައިވާ ޑީލަރއެއްގެ ކޯޓޭޝަނަކަށް ވާންޖެހޭކަމުގައެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ 18 ޕަސެންޓެވެ.

ބޭންކާއެކު އެއްބަސްވުން ހަދާފައިވާ ވެހިކަލް ޑީލަރސްގެ ލިސްޓް ބޭންކް ވެބްސައިޓްގައި ޝާއިއުކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް ވެހިކަލް ލޯނަށް އެދޭ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ބޭނުންވާ ލިޔެކިއުންތަކާއެކު ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް ހުށަހެޅިދާނެއެވެ. އަދި އިންޓަނެޓް ބޭންކިންއަށް ލޮގިން ކުރުމަށް ފަހު އޮންލައިން ކޮށްވެސް ހުށަހެޅިދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top