ސްކޫލްތަކަށް ޓެކްސްޓް ފޮތްތައް ފޮނުވަން ފަށައިފި

ލލލލ.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު ---އީވީ ފޮޓޯ

ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޮނުވަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ސްކޫލުތަކުގެ ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ބަހަން ފެށިތާ 10 ވަރަކަށް ދުވަސްވެއްޖެ ކަމަށެވެ. ބައެއް ސްކޫލުތަކުން މިހާރު އަންނަނީ ކުދިންނާ ފޮތްތައް ހަވާލުކުރަމުންނެވެ.

ޓެކްސްޓް ފޮތްތައް މިހާތަނަށް ނުލިބޭ ބައެއް ސްކޫލުތަކުން ބުނީ ފޮތްތައް ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއް އަހަރީ ޗުއްޓީ އަށް މިދިޔަ އަންގާރަ ދުވަހު ބަންދުކުރިއިރު ކުދިންނަށް ވަނީ ރިޕޯޓު ފޮތްތަކާ އެކު ސްޓޭޝަނަރީސް ހިމެނޭ ވައުޗާތައް ދޫކޮށްފަ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top