800 ކިލޯވޮޓް އިންޖީނު އޭދަފުއްޓަށް ގެނެސްފި

19961283_859635297535442_3082597426529939774_n.jpg

އަލަށް ގެނައި 800 ކވ އިންޖީނު އޭދަފުށީ އިންޖީނުގެއަށް ގެންދަނީ / ފޮޓޯ: ރާއީ ފޮޓޯގްރަފީ

އޭދަފުށީ އިންޖީނުގޭގައި ކަރަންޓް ދިނުމަށް ބޭނުންކުރާ އިންޖީނުތަކުން އެރަށަށް ބޭނުންވާ ވަރަށް ކަރަންޓް ދިނުމަށް ދަތިވުމާ ގުޅިގެން ، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އޭދަފުއްޓަށް 800 ކިލޯވޮޓް އިންޖީނެއް ފޮނުވައިފިއެވެ.

މާލެއިން ފޮނުވި މިއިންޖީނު މިއަދު މެންދުރު ކުރިން ބޯޓުން ބާލައި އޭދަފުށީ އިންޖީނުގެއަށްވެސް ވަނީ ގެންގޮސްފައެވެ.

ފެނަކައިން އާއިންޖީނެއް އޭދަފުއްޓަށް މިގެނައީ އޭދަފުށީގެ ކަރަންޓް ހާލަތު ގޯސްވެ މިއަހަރުތެރޭގައި ދެތިން ފަހަރެއްގެ މަތިން ރަށުގެ ބޮޑުބަޔަކުން ކަރަންޓް ކެނޑި އާންމު ރައްޔިތުންގެ ޝަކުވާ އިތުރުވެފައިވަނިކޮށެވެ. މިސިލްސިލާގެ ދަށުން ބުދަދުވަހުވެސް ގިނަ ވަގުތުތަކަކަށް އޭދަފުށިން ކަރަންޓް ކެނޑުނެވެ.

ފެނަކަ ބ. ރީޖަނަލް މެނޭޖަރ އަލީ ޝަފީޤް އީވީއަށް ވިދާޅުވީ އޭދަފުއްޓަށް މިހާ ކުއްލިގޮތަކަށް އިންޖީނެއް ގެނެވުމުން ހާމަވަނީ ރައީސް ޔާމީންގެ ސަރުކާރުން އޭދަފުށީގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާ، ދެއްވާ އަހައްމިއްޔަތުގެ ބޮޑުކަން ކަމަށެވެ. އޭނާ ވިދާޅުވީ ފެނަކައިގެ އިސްވެރިންނާއި، މިމަސައްކަތުގައި ބައިވެރިވީ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

”އޭދަފުށިން ކަރަންޓް ކެނޑިދާނެކަމުގެ ބިރު އޮތަތީވެ، ސަރުކާރުން ބޭނުންފުޅުވީ ހާއްސަކޮށް ރައީސް ޔާމީންގެ ނަން އަޅުގަނޑު ފާހަގަކުރަން. މިއީ ސީދާ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ކަންކަން ގާތުން ބައްލަވާކަމުގެ މިސާލެއް. އަދި އޭދަފުއްޓަށް ހާއްސަކޮށް ބަހައްޓަވާ ގާތްކަން ދޭހަވާ ކަމެއް” ޝަފީޤް ވިދާޅުވިއެވެ

އޭނާ ވިދާޅުވީ އާއިންޖީނު ބެހެއްޓުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކުރިޔަށް ދާކަމަށާ، މިމަސްތެރޭގައި އިންޖީނު ބަހައްޓައި ހިދްމަތް ދޭން ފެށޭނެކަމަށެވެ.

ޝަފީޤް ވިދާޅުވީ އޭދަފުއްޓަށް ކަރަންޓްގެ ހިދުމަތް ދިނުމަށް މި ވަގުތު ބޭނުންކުރާ ތިން އިންޖީނު ކަމުގައިވާ 300 ކިލޯވޮޓް، އާއި، 400 ކިލޯވޮޓް އަދި 600 ކިލޯވޮޓް އިންޖީނުން ފުދޭވަރަށް ކަރަންޓެއް ނުއުފެއްދޭކަމުގައެވެ. އެހެންވެ ކޮންމެ ދުވަހަކުވެސް ދިރާގު، ނުވަތަ އުރީދޫއާއި، ރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

އޭދަފުށީގެ ކަރަންޓްގެ މައްސަލަ ބޮޑުވެފައިވާތީ، މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ތެރޭގައި އޭދަފުށީގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެފައިވަނީ އޭދަފުއްޓަށް މިދިޔަ ޖޫން މަސް ނިމުމުގެ ކުރިން އެއް މެގަވޯޓް އިންޖީނެއް ގެނެސް އިންސްޓޯލް ކޮށްދޭނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top