ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ގާއިމު ކުރަނީ

large_173096834546TEID.jpg

ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރަން އެއްބަސްވުމުގައި ސޮއިކުރަނީ: މި މަޝްރޫއު 2026 ވަނަ އަހަރުގެ ކުރިން ނިންމަން ވަނީ އަމާޒު ހިފާފައި -- ފޮޓޯ/ ރައީސް އޮފީސް

އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމު ކުރުމުގެ މަޝްރޫއެއް ބީއެމްއެލް އިން ފަށައިފި އެވެ.

އެ ކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

އެ ޚިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލާއި އިކޮނޮމިކް މިނިސްޓްރީއާ އެއްކޮށްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެވެ.

މި މަޝްރޫއުގެ ދަށުން ބީއެމްއެލްއިން ގާއިމުކުރި 150 ވަނަ އޭޓީއެމް ހުޅުވީ މިއަދު އދ. އޮމަދޫގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މި މަޝްރޫއު ކާމިޔާބުކުރުމަށް މި އަންނަ އަހަރު ނިމެންވާއިރަށް ހުރިހާ ރަށެއްގައި އޭޓީއެމްތައް ގާއިމުކުރެވޭނެ ކަމަށެވެ.

މި މަޝްރޫއަކީ ހުރިހާ ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލުން ކުރަމުން އަންނަ މަސައްކަތުގެ ހެއްކެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭޓީއެމްގެ ޚިދުމަތް ފެށިތާ އަންނަ އަހަރަށް 25 އަހަރު ފުރޭއިރު، އަމާޒަކީ އަންނަ އަހަރު ތެރޭ 100 އަށް ވުރެ ގިނަ ރަށުގައި އޭޓީއެމްތައް ހުޅުވުން ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top