އޭދަފުށިން އިތުރުމީހަކު ކޮވިޑްއަށް ފައްސިވެ ޖުމްލަ 49 އަށް!

DSCN9884.jpg

އޭދަފުށި --އީވީ ފޮޓޯ

އޭދަފުށީގައި މިއަދު އަނެއްކާވެސް ކޮވިޑް އަށް އިތުރު މީހަކު ފައްސިވެ ޖުމްލަ އަދަދު 49 އަށް އަރައިފިކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުން ޢާއްމު ކޮށްފައިވާ ތަފާސް ހިސާބުން ދައްކާގޮތުން މިއަދު އެރަށުން ބައްޔަށް ފައްސި ވެފައިވާ މީހާ އާއެކު މިހާތަނަށް ފައްސިވި މީހުންގެ ޖުމްލަ އަކީ 49 އެވެ.

ކޮވިޑް-19ގެ އަލާމާތްތައް އަލާމާތްތަކެއް ފެނިގެން އެންމެ ފުރަތަމަ އޭދަފުށީން މީހަކުފައްސި ވީ ވެފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ފްލޫ ކްލިނިކަށް ދެއްކި އަންހެނެކެވެ. އޭނާއާ ޑައިރެކްޓް ކޮންޓެކްޓް ވި އެންމެން މިހާރު ވަނީ އެކަހެރި ކުރެވިފައެވެ.

އެއާއެކު ރަށް ކަރަންޓީނުކޮށް 469 ސާމްޕަލްއެއް ނަގައި މީގެތެރެއިން 421 މީހުން މިބައްޔަށް ނެގެޓިވް ވެފައިވާއިރު 26 ގެއެއް ވަނީ ކަރަންޓީނު ކޮށްފަ އެވެ.

އޭދަފުށިން ކޯވިޑް-19ގެ ޕޮޒިޓިވް ގިނަ ކޭސްތަކެއް ފެނިފައިވާތީ، އެޗްޕީއޭ އިން ވަނީ 01 އޭޕްރީލް 2021 ގެ ފަހުން އޭދަފުށީގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރަށް އެކަން އެންގެވުމަށް އަންގަވާފައެވެ. އަދި އެތާރީޚްގެ ފަހުން އޭދަފުށްޓަށް ޒިޔާރަތްކޮށްފައިވާ ފަރާތްތަކުން، އޭދަފުށިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top