”ލޮބީން ފުޓްސަލް ފިއެސްޓާ 2020“ ފަށަނީ

DSCN9398.jpg

އޭދަފުށީ ފުޓްސަލް ދަނޑުގައި ކުޅެވުނު މެޗެއްގެ ތެރެއިން :އީވީ ފައިލް ފޮޓޯ

”ލޮބީން ފުޓްސަލް ފިއެސްޓާ 2020“ގެ ނަމުގައި އޭދަފުށީގައި ފުޓްސަލް މުބާރާތެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހު 4 ގަ އެވެ.

މުބާރާތުގެ ގުރުއަތުލުން ރޭ ވަނީ ބެއްލަވިސްޓާ ރެސްޓޯރެންޓުގައި ބާއްވާފައިވާއިރު ޖުމްލަ 9 ޓީމް ބައިވެރިވެފައިވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ވެލާ ސިޓީއާއި ހުސް ސޮނގުން އެފްޓީ އެވެ.

ލޮބީންގެ އޯނަރ ރަޝާދު ގެ އިސްނެގުމުގެ މަތިން ވެލާސިޓީގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މި މުބާރާތުގެ މަގްސަދަކީ ރަށުން ބޭރުން ޚާއްސަ ކޮށް ރިސޯޓުތަކުގައި މަސައްކަތް ކުރާ އޭދަފުށީގެ ގިނަ އަދަދެއްގެ ޒުވާނުން ރަށަށް ޖަމާވެފައިވާ މި ވަގުތު ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ކުރިއެރުވުން ކަމަށް ވެލާ ސްޕޯޓްސް ކްލަބުން ބުނެއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވެފައިވާ 9 ޓީމް 3 ގްރޫޕަކަށް ބަހާލައިގެން ނެވެ. ސެމީއަށް ދަތުރު ކުރާނީ ގްރޫޕް ސްޓޭޖުން މޮޅުވާ 3 ޓީމެވެ. ސެމީއަށް ދާ 4 ވަނަ ޓީމް ހޮވާނީ ތިން ގްރޫޕުން 2ވަނަ އަށް ދާ ޓީމް ތަކުން އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމެވެ. ޕޮއިންޓިުން އެއްވަރުވެއްޖެނަމަ ދެން ބަލާނީ ލަނޑުޖެހި އަދަދަށެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ލޮބީން އެވެ. ކޯ ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ.

މި މުބާރާތުގެ މެޗުތައް ރޭވިފައިވާ ގޮތް ތިރީގައިމިވާ ލިންކަށް ކްލިކް ކޮށްލުމުން ފެނިވަޑައިގަންނަވާނެއެވެ.

LOBYN Match Schedule.

މުބާރާތް އޮންނާނީ އޭދަފުށީ ފުޓްސަލް ދަނޑުގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top