ތުއްތު ކުދިންނަށް ދޮންދިނުން .ރައްކާތެރި ކަމެއް ނޫން.

loving-mom-and-dad-kiss-adorable-confused-baby.jpg

ތުއްތު ކުދިންނަކީ ހިތްތަކުގެ އުފަލެވެ. އަރާމެވެ. އެކުދިންގެ މައުސޫމު ހިނިތުންވުމުން ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދެއެވެ. އެފަދަ ހަރަކާތްތަކުން ހިތުގައި އުފެދޭ ލޯބިން ފުރަތަމަ ކޮށްލެވޭ ކަމަކީ އުރާލާފައި މޫނުގައި ބޮސްދިނުމެވެ. އެއީ ލޯބީގެ އެންމެ އާއްމު ނިޝާނެވެ. އެކަމަކު އެއީ ގޯހެކެވެ. ނުބައި އާދައެކެވެ. ގޯހަކަށް ނުވަތަ ނުބައި އާދައަކަށް ވަނީ އެއީ ސިއްހީ ގޮތުން ބަލާއިރު ތުއްތު ކުއްޖާއަށް ރައްކާތެރި ކަމަކަށް ނުވާތީ އެވެ. އެކަމުގެ ސަބަބުން އެކުދިންނަށް މޫސުމީ ރޯގާ އާއި ގައިންގަޔަށް އަރާ ބަލިތައް ޖެހުން ވަރަށް ފަސޭހައިން މެދުވެރިވެގެން ދާތީއެވެ.

ތުއްތުކުދިންނަށް ދޮންދިނުމުން ނުވަތަ ބޮސްދިނުމުން އެކުދިންނަށް ޖެހިދާނެ ބައެއް ބަލިތަކާބެހޭ ގޮތުން  ދި އިސްލާމިކް އިންފޮމޭޝަން .ކޮމް ގައި ލިޔެފައިވެއެވެ.

ފުޓް އެންޑް މައުތު : އަރިދަފުސް ރޯގާ ޖެހި ނުވަތަ ކެއްސާ މީހަކު ނުވަތަ އަނގައިގެ ބައްޔެއް ހުންނަ މީހަކު އެހާލަތުގައި ތުއްތު ކުއްޖެއްގެ މޫނުގައި އަތްލުމާއި ބޮސްދިނުމަކީ އެކުއްޖާއަށް އެއްވެސް ހުރަހެއްނެތި ރޯގާ ޖެހުމާއި އަނގައާއި ކަރުތެރޭގެ ބަލިތައް ވަގުތުން ވާރުތަ ވުމުގެ ފުރުސަތު ބޮޑުވެގެން ހިނގައިދާނެ ކަމެކެވެ. މިގޮތަށް ދޮން ދިނުމުން ބައެއް ކުދިން ވަގުތުން ރޯން ފެށުމާއެކު ހުއްޓާނުލާ ދިގުދެމިގެންދާ ކަހަލަ ގޮތަކަށް ރޮމުން ގެންދަނީ މިހެން ވީމައެވެ.

ކެއްސުން : ރޯގާޖެހިގެން ކަމަށް ވިޔަސް ނުވަތަ އެނޫން ސަބަބަކުން ވިޔަސް ކެއްސާ މީހަކު ތުއްތު ކުދިންނަށް ބޮސް ދިނުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެބަލި ތުއްތުކުއްޖާގެ ހަށިގަނޑަށް ގޮސް  އެކަމުގެ އުނދަގޫ ވާން ފަށައެވެ. ހަގީގަތުގައި މިވާ ގޮތަކީ ކެއްސާ މީހާގެ އަނގައިގެ ތެރޭގައި ހުރި ޖަރާސީމުތައް އެކުއްޖާގެ ލަންގްސް ތެރެއަށް ގޮސް ހަރުލަނީ އެވެ. މި ގޮތުން ވާސިލުވާ ކެއްސުން ރަނގަޅު ވިޔަސް ޖަރާސީމުތައް ލަންގްސްގައި ހުރެއެވެ. ޚާއްސަކޮށް ތުއްތު ކުއްޖާއަށް ދޭން ޖެހޭ ވެކްސިން ނުދީ ހުރިނަމަ ވައިގެ ތެރެއިން ޖަރާސީމުތައް އެކުއްޖާގެ ހަށިގަނޑަށް ވަދެ ދިފާއީ ބާރުތަކާ ކުޅެއެވެ. ވެކްސިން އަކީ މާހައުލުގައި ހުންނަ ހުރިހާ ބާވަތެއްގެ ޖަރާސީމުން ތުއްތުދަރިފުޅު ސަލާމަތް ކޮށްދޭ ކަމެކެވެ.

ބަނޑުގެ ވައިރަސް :ތުއްތު ކުދިންގެ ކޮލުގައި ނުވަތަ ތުންފަތުގައި ބޮސްދިނުމަކީ، ބޭރަށް ހިންގުމާއި ހޮޑުލުމާއި ބަނޑުގައި ރިއްސަން މެދުވެރިކުރުވާ ސަބަބެކެވެ.

ދިފާއި ބާރު ދެރަވުން : މި ފަދަ އަމަލު ތަކުން ތުއްތު ކުއްޖާގެ ހަށިގަނޑަށް ބެކްޓީރިއާ ވާސިލުވުމަކީ ވަރަށް ކައިރި ކަމެކެވެ. ޝައްކެއް ނެތް ގޮތުގައި އެއީ އެކުއްޖެއްގެ ދިފާއީ ބާރު ދަށް ވާނެ ކަމެކެވެ. އޭގެ މާނައަކީ އަވަސް އަވަހަށް ރޯގާ ޖެހުމާ ކެއްސުން އަދި ހުން އައުން އެހެން ކުދިންނަށްވުރެ އަވަސްވުމެވެ.

ހިރުގަނޑު ހަލާކުވުން ނުވަތަ ގެއްލުން ލިބުން: ގަބޫލު ނުކުރެވިދާނެއެވެ. އެކަމަކު ހިރުގަނޑު ގިރުން ނުވަތަ އަނގައިގެ ބައްޔެއް ހުރިމީހެއްނަމަ ތުއްތު ކުއްޖާގެ ތުންފަތުގައި ބޮސްދޭކަށް ނުވާނެއެވެ. އެކަން ވާރުތަ ވެދާނެއެވެ. މީގެ ސަބަބުން އެކުއްޖާގެ ކުރިމަގުގައިވެސް ހިރުގަނޑާއި އަނގައިގެ ބަލިތައް ބަލިތަކުން ސަލާމަތް ނުވެވިގެން އުޅޭން ޖެހިދެއެވެ.

ތުއްތު ކުދިންނަށް ބޮސްދިނުމަކީ މިނޫން އެހެންބަލިތަކަށް އެކުދިން ހުށަހެޅުމަށްވެސް ހުޅުވިގެންދާ ދޮރެކެވެ. އެންމެ ރަނގަޅު ގޮތަކީ އެކަން ނުކުރުމެވެ.(މަސްދަރު: ދި އިސްލާމިކް އިންފޮމޭޝަން .ކޮމް)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top