އިންޓަރ ރިސޯޓު މުބާރާތް : އަނަންތަރާ އާއި ފިނޮޅު ރިސޯޓު އެއްވަރު

ސަމި.jpg

އަނަންތަރާ އާއި ފިނޮޅު ވާދަކުރި މެޗް --ފޮޓޯ/ އަހުމަދު ޖީލާން

އޭދަފުށީގައި މިހާރު ކުރިއަށްދާ ލެވިސްތާ އިންޓަރ ރިސޯޓުް ފުޓްބޯލް މުބާރާތުގައި މިއަދު ކުޅުނު އަނަންތަރާ ކިހަވައް ވިލާސް އާއި ފިނޮޅު ރިސޯޓުގެ މެޗު، އެއްވެސް ޓީމަކަށް މޮޅު ނުވެވި 2-2 އިން އެއްވަރު ވެއްޖެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗް ޝަރަފްވެރި ކޮށްދެއްވާފައިވަނީ އަނަންތަރާ ކިހަވައް ވިލާސްގެ ޖެނެރަލް މެނޭޖަރ މިސްޓަރ ރޮސް އެވެ.

މެޗުގެ ފުރަތަމަ ހާފްގައި އަނަންތަރާއިން ދެލަނޑުޖަހައި ލީޑުނަގާފައިވަނިކޮށް ފަހަތުން އަރައި ފިނޮޅު ރިސޯޓުންވަނީ ދެވަނަ ހާފުގައި ނަތީޖާ އެއްވަރު ކޮށްފައެވެ.

މެޗްގެ ފުރަތަމަ ލަނޑު 37ވަނަ މިނިޓުގައި އަނަންތަރާއަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ އިބްރާހީމް ޒަމީރު އެވެ. އޭގެ ދެމިނިޓް ފަހުން އިތުރު ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ބޮޑު ކޮށްދިނީ އަހުމަދު އަޝްރަފް (ސޮބީ) އެވެ.

އަނަންތަރާ ކައިރި ކައިރީގައި ދެ ލަނޑު ޖެހުމުން މެޗުގެ ބޮޑު ބައެއް ފިނޮޅުން ކުޅެމުން ދިޔައެވެ. ދެވަނަ ހާފުގައި ފިނޮޅު ޓީމް ކުރިއަށް ޖެހިގެން ވަނީ ރަނގަޅު ކުޅުމެއް ކުޅެފައެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 50ވަނަ މިނިޓްގައި ފިނޮޅު ޓީމްގެ ރައްޒާން ވަނީ އެޓީމަށް ލިބުނު ކޯނަރަކުން ބޮލުން ޖަހައި ފިނޮޅު ޓީމަށް ފުަރަތަމަ ލަނޑު ޖަހާދީފައެވެ.މި ގޯލާ އެކު ފިނޮޅު ޓީމް ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުލެމުން ދިޔައެވެ. ފިނޮޅު ޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ.

ފޮޓޯ :އަހުމަދު ޖީލާން

މި ނޫނަސް ފިނޮޅަށް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބި ގޯލަށް އަމާޒު ކުރަމުން ދިޔައެވެ. އެގޮތުން ފިނޮޅުގެ 12ނަންބަރު މުހައްމަދު ފާސިރު އަދި 7 ނަންބަރު އަލީ ނަސީމްގެ ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި އަނަންތަރާގެ ދިފާއީ ލައިން ވަނީ ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ. އަނަންތަރާ އަށްވެސް ވަނީ ރަނގަޅު ފުރުސަތު ތަކެއް ލިބި ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

ފޮޓޯ :އަހުމަދު ޖީލާން

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަނަންތަރާގެ ދިފާއީ ލައިންގައި މުހިއްމު ރޯލެއް އަދާކުރި އަހުމަދު ހުމައިދެވެ.

މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަހުމަދު ހުމައިދުއަށް ޓްރޮފީ ދެއްވަނީ –ފޮޓޯ : އަހުމަދު ޖީލާން

ފިނޮޅު ރިސޯޓާއި އަނަންތަރާ ބައްދަލު ކުރި މެޗް އެއްވަރުވުމުން މި ގްރޫޕުން ސެމި ފައިނަލަށް ދަތުރު ކުރާނީ އަމިއްލަފުއްޓާއި އަނަންތަރާއެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ދުސިތުތާނީއާއި ސޮނެވާފުއްޓެވެ. މެޗު ފަށާނީ 4:15ގައެވެ.

ވެލާ ސްޕޯޓްސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެލާ ސްޕޯޓްސް ކްލަބްގެ ފޭސްބުކް ޕޭޖުން ލައިވް ކުރަމުން ގެންދާނޭ ކަމަށް އެކްލަބުން މައުލޫމާތު ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top