ކެންދޫން ޑެންގޫ ކޮންޓްރޯލް ކުރުމަށް ޓާސްކްފޯސް ތަކެއް. ކޮންމެދުވަހަކު ސީދާ ހަރަކާތަށް؟

DJI01548-1.jpg

ބ. ކެންދޫ

ބ. ކެންދޫގައި ހަލުވިކަމާއެކު ފެތުރެމުން އައި ޑެންގޫ ހުން ކޮންޓްރޯލް ކުރުމަށް ފަސް ޓާސްކްފޯސް ކޮމެޓީ އުފައްދައި ސީދާ ހަރަކާތަށް ނުކުމެއްޖެއެވެ.

ކެންދޫ ސިއްހީ މަރުކަޒުން ބުނީ ޓާސްފޯސްތަކެއް އުފެއްދައި ސީދާ ހަރަކާތަށް ނުކުތީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންކަމަށެވެ. އެމަރުކަޒުގެ އ. ކޮމިއުނިޓީ ހެލްތް އޮފިސަރ އަބްދުލްޖަލީލް އިބްރާހީމް ވިދާޅުވީ ރަށުގެ ހުރިހާ މުވައްސަސާތައް ހިމެނޭގޮތަށް އުފެއްދުނު ޓާސްކްފޯސްތަކުން ކޮންމެ ދުވަހަކު މުޅިރަށް މޮނިޓާ ކޮށް މަދިރިއުފެދޭތަންތަން ނައްތާލައި، އާންމުން ހޭލުންތެރިކުރަމުން ގެންދާނެކަމަށެވެ.

”ހޮނިހިރު ދުވަހު ފެށިގެން ކުރިޔަށް މިދަނީ. ކޮންމެ ދުވަހަކުވެސް އެޓާސްކް ފޯހަކަށް ކަނޑައެޅިފަ އޮންނަ ސަރަހައްދު މޮނިޓާކުރުން ކުރިޔަށްދާނެ ހަތްދުވަސް ވަންދެން މެދުނުކެނޑި. އެމީހުންގެ ޒިންމާއަކީ މަދިރި އުފެދޭ ތަންތަން ހުރިތޯ ބަލައި އެފަދަ ތަންތަން ނައްތާލުން” ޖަލީލް ވިދާޅުވިއެވެ.

ޖަލީލް ވިދާޅުވީ ޓާސްކްފޯސް މަސައްކަތް ފެށިގެން ކުރިޔަށް ދިޔަނަމަވެސް ޑެންގޫހުން މިހާރު ގާތްގަނޑަކަށް ކޮންޓްރޯލް ކުރިވިފައިވާ ކަމަށެވެ. އަދި މިކަން ކޮންޓްރޯލް ކުރުމަށް ކައުންސިލާ ރައްޔިތުން އެއްބާރުލުން ލިބޭކަމަށްވެސް ޖަލީލް ވިދާޅުވިއެވެ.

”މިހާރު އަޅުގަނޑުމެން ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްގެން ފަރުވާ މިދެނީ އެއްމެ ޕޭޝަންޓަކަށް. ފަންސަވީހަކަށް ކޭސް ފެނުނު. އެކަމަކު މިހާރު ފެންނަ އަދަދުވެސް ވަރަށް ބޮޑަށް ދަށް. އެހެންވީމާ އާންމުން މިކަމަށް ސަމާލުކަން ދެމުންގެންދޭ ދެންނެވޭނީ”

ކޮންމެ އަހަރަކުވެސް ހުޅަނގު މޫސުމާ ދިމާކޮށް ބ. އަތޮޅުގެ ރަށްރަށުގައި ޑެންގޫހުން ފެތުރުމަކީ ވަރަށް އާންމުކަމެކެވެ. ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އަތޮޅުގެ ބައެއް ރަށްރަށުން މަދުންނަމަވެސް ޑެންގޫ ކޭސްތައް މިއަހަރުވެސް ފެންނަމުންދާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top