ޝަހީގު ،ސިވިލްސަރވިސް ކޮމިޝަނަށް އައްޔަންކޮށްފި

14875705719890.jpg

ސިވިލްސަރވިސް ކޮމިޝަނަށް އައްޔަންކުރެއްވި ބ. ގޮއިދޫ ސޯސަންގޭ އިބްރާހީމް ޝަހީގުއަށް މަގާމުގެ ފަތްކޮޅު ހަވާލުކުރައްވަނީ - ފޮޓޯ : ރައީސް އޮފީސް

 

ބ. ގޮއިދޫ ސޯސަންގޭ އިބްރާހީމް ޝަހީގު ސިވިލްސާވިސް ކޮމިޝަންގެ މެންބަރުކަމަށް މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސްއޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ޝަހީގަށް ހުވާލައިދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފުއެވެ.

މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންވަނީ އޭނާއަށް މަގާމުގެ ފަތްކޮޅު ހަވާލުކުރައްވާފައެވެ.

ޝަހީޤަކީ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން އިންޓަވިއު ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ މާކްސް ލިބިވަޑައިގެންނެވި ބޭފުޅާވެސްމެއެވެ.

މި މަހުގެ 15ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވި މެންބަރުންގެ ތެރެއިން, ޝަހީގު ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް 49 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ އެވެ. ޝަހީގު ސީއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ 23 މެމްބަރުންނެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް ޝަހީގު އައްޔަން ކޮށްފައި ވަނީ އެ ކޮމިޝަންގެ މެމްބަރު ޖަމީލާ އަލީ ޚާލިދު ޖަރުމަނަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top