ޓީވީ ޑްރާމާތައް ބަލާ މީހުންނަށް އުފާވެރި ޚަބަރެކެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކައިވެނި ކުރި ޔޭހޭ މުހައްބަތޭން ގެ ބަތަލާ އިޝީތާ ބައްލާ (ދިވްޔަންކާ )ގެ ދެމަފިރިން ނަަޗްބަލިޔޭ 8 ގެޑާންސްފްލޯ އިން ފެންނާނެ ކަމަށް އޭނާގެ ފިރިމީހާ ވިވެކް ޔަގީން ކޮށްދީފިއެވެ.
ބޮލީވުޑް ނިއުސް އާ ވާހަކަ ދައްކަމުން ވިވެކް ބުނެފައިވަނީ ނަޗްބަލިޔޭ 8ގައި ބައިވެރިވާން ނިންމީ ދެމީހުން އެކުގައި އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ގޮތުންކަމަށާއި ދެމީހުންވެސް ބުރަކޮށް މަސައްކަތްކުރާތީ ސްޓްރެސް އާއި ޕްރެޝަރ ވަރަށް ބޮޑުވެފައިވުމާއެކު މިކަހަލަ ޝޯއެއްގައި ބައިވެރިވުމުން މިކަމަށް ރަނގަޅު ހައްލެއް ލިބިގެން ދާނެތީ ކަމުގައެވެ.
“އަހަންނަށްއިހްސާސް ކުރެވެނީ މިއީ ވަރަށް ރަނގަޅު ފުރުސްތެއް ކަމަށް ދެމީހުންނަށްވެސް ލިބޭ.އަދި މިއީ ރަނގަޅު ނިންމުމެއްކަމުގައި ވާނެކަމަސް އުއްމީދު ކުރަން. ” ވިވެކް ބުނެފައިވެއެވެ.
ދިވްޔަންކާ އާއި ވިވެކް ކައިވެނި ކުރުމަށްފަހު ޓީވީ ޝޯތަކުގެ އެންމެ ލޯބި ޖޯޑުގެ ގޮތުގައި ފާހަގަ ކުރެވިފައި ވެއެވެ. އެދެމީހުން ބައްދަލުވެ ގުޅުން އުފައްދާފައިވަނީ ދެމީހުންވެސް ބައިވެރިވާ ޓެލެޑްރާމާ “ޔޭހޭ މުހައްބަތޭނ”ގެ ސެޓްގެ ތެރެއިންނެވެ.
މިދިޔަ ޖުލައި މަހު ކާވެނި ކޮށްފައިވާ ދެމަފިރިންގެ ކައިވެނީގެ ވަރަށް އިޝްގީ ފޮޓޯތަކެއްވެސް އެމީހުންވަނީ ސޯޝަލް މީޑިއާގައި ފޭނުންނާ ހިއްސާ ކޮށްފައެވެ.
ނަޗްބަލިޔޭ 8 ގައި ބައިވެރިވާ 11 ޖޯޑު މިހާރު ވަނީ ޔަގީންވެފައެވެ. އޭގެ ތެރޭގައި ޓީވީ ޑްރާމާތަކުގެ ލީޑް ރޯލް އަދާކުރާ މަޝްހޫރު ތަރިން ތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ރޯޝަން މެހެރާ- ކާންޗީ ސިންގ އަދި މޮނާލިސާ –ވިކްރާންތް ސިންގ ގެ ޖޯޑުވެސް ހިމެނެއެވެ.
މިޝޯ ފެށުމަށް ހަމަޖެހިފައިވަނީ މި މާޗްމަހުގެ 17ގައެވެ.