އޭދަފުށީގައި ކޮވިޑް، ހާލަތު ރަނގަޅު ނުވެ އަދަދުތައް މައްޗަށް!

124335337-852223478649009-2041343241036597771-n.jpg

އޭދަފުށި - ފޮޓޯ:ޝަރީފް / ވިޒިޓް އޭދަފުށި

މިމަހު 19ވަނަ ދުވަހު އޭދަފުށިން އަލަށް ކޮވިޑްގެ ޕޮޒިޓިވް ކޭހެއް ފެނުނު ފަހުން ހާލަތު ރަނގަޅު ނުވެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މައްޗަށް ދާން ފަށައިފި އެވެ.

އެންމެ ފަހުން އިއްޔެ މިބައްޔަށް އަލަށް 14 މީހަކު ޕޮޒިޓިވް ވެފައިވާ އިރު މިހާތަނަށް ޖުމްލަ 123 މީހަކަށް ވަނީ މިބަލި ޖެހިފަ އެވެ.

ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދައްކަން އަންނަ މީހުންގެ ނިސްބަތް އިތުރުވަމުން އަންނަ ކަން ފާހަގަކުރައްވައި އަތޮޅު ހޮސްޕިޓަލުން ބުނީ އިއްޔެ އަލަށް ފެނުނު 14ކޭސް ގެ ތެރެއިން 4 ކޭސްއަކީ ކޮވިޑްގެ އަލާމާތްތައް ފެނިގެން ފުލޫކްލިނިކަށް ދައްކަން އައި މީހުން ކަމަށެވެ. އެހެން ކަމުން ރަށުތެރޭގައި ކޮވިޑް ފެތުރުމުގެ ފުރުސަތު އޮތީ ކިހާ ވަަރަކަށްތޯ ބެލުމަށް މިއަދު އަނެއްކާވެސް ވަކި ތަރުތީބެއްނެތި ރަށުތެރެއިން ސާމްޕަލް ނެގުމަށް ނިންމާފައިވާކަމަށް ހޮސްޕިޓަލުން ހާމަކުރި އެވެ.

ސާމްޕަލް ދެއްވަން ބޭނުންފުޅުވާ ބޭފުޅުން މިއަދު ހެނދުނު 10:00 އިން މެންދުރު 12:00 އާއި ދެމެދު، ކުރިން ސާމްޕަލް ނުދެއްވާ ފަރާތްތަކުން އެ ހޮސްޕިޓަލަށް ވަޑައިގެން ސާމްޕަލް ދެއްވުމަށާއި ޚާއްސަކޮށް ކުރިން ސާމްޕަލް ދީފައިނުވާ ފަރާތްތަކުން އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން ސާމްޕަލް ދެއްވުމަކީ އަތޮޅުހޮސްޕިޓަލުގެ އިލްތިމާސެކެވެ. ޚާއްސަކޮށް ހުމާއި، ރޯގާގެ އަލާމަތްތައް ހުރި މީހުންނާއި އަދި ޕޮޒިޓިވްވި މީހުންނާ ބައްދަލުވެފައިވާ ފަރާތްތައް ސާމްޕަލް ދެއްވުމަށް ވަޑައިގަތުމަކީ އެ ހޮސްޕިޓަލްގެ އެދުމެކެވެ.

އާބާދީގައި ތިންހާސް މީހުންނަށް ވުރެ ގިނަ މީހުން ދިރިއުޅޭ އޭދަފުށީގެ 39 ގެއެއް މިހާރު ހުރީ ކަރަންޓީނު ކުރެވިފަ އެވެ. މިހާތަނަށް 870 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު 707 މީހުން ނެގެޓިވްވެ 41 ސާމްޕަލްގެ ނަތީޖާވަނީ އަދި ނުލިބެއެވެ.

އޭދަފުށީގައި 20 އެނދުގެ ކޮވިޑް ފެސިލިޓީއެއް ގާއިމުކޮށްފައިވާއިރު 25 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ. ކޮވިޑް ފެސިލިޓީގައި މިވަގުތު އެޑްމިޓްކޮށްފައި ތިބީ ދެ މީހުންނެވެ. އައިސޮލޭޝަން ފެސިލިޓީގައި އަދި މިހާތަނަށް އެއްވެސް މީހަކު އެޑްމިޓް ނުކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top