ރަށްރަށަށް ދަތުރު ކުރާއިރު ރެޕިޑް ޓެސްޓް ބަލައިނުގަންނާނެ

CjBYVNOnQxTKFskKfMkCEC2e2EeNseyz5OWEWbZf.jpg

ރަށްރަށަށް ދަތުރު ކުރާއިރު ޕީސީއާރު ޓެސްޓުގެ ބަދަލުގައި ރެޕިޑް ޓެސްޓުގެ ނަތީޖާ ބަލައި ނުގަންނާނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ އިއްޔެެއިން ފެށިގެން ރެފިޑް ޓެސްޓު ހަދަން ފެށި ކަމުގައި ވިޔަސް ރަށްރަށަށް ދަތުރު ކުރާއިރު އެ ޓެސްޓުގެ ނަތީޖާ ބަލައި ނުގަންނާނެ ކަމަށާއި ދަތުރު ކުރުމުގެ ބޭނުމަށް ހަދަން ޖެހޭނީ ޕީސީއާރް ޓެސްޓް ކަމަށެވެ.

މީގެ އިތުރުން ކޮންޓެކްޓުންނާއި ކަރަންޓީނު ފުރިހަމަކޮށްފައި ޓެސްޓު ކުރާ މީހުން ވެސް ހަދަން ޖެހޭނީ ޕީސީއާރް ޓެސްޓު ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ޕީސީއާރް ޓެސްޓުގެ ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހެއެވެ.

ރެޕިޑް ޓެސްޓަކީ ކޮވިޑްގެ އަލާމާތްތައް ހުންނަ މީހުން ހަދަން ޖެހޭ ޓެސްޓަކަށްވާއިރު، ރެޕިޑް ޓެސްޓެއްގެ ނަތީޖާ ގަބޫލު ނުކުރަން ނިންމީ އެއްވެސް އަލާމާތެއް ނެތި ހަދާ ޓެސްޓުގެ ނަތީޖާ ރަނގަޅު ނުވެދާނެތީ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

”ރެޕިޑް ޓެސްޓަކީ ކޮވިޑްގެ އަލާމާތްތައް ހުންނަ މީހުން ހަދަން ޖެހޭ ޓެސްޓެއް. އެއްވެސް އަލާމާތެއް ނެތި ހަދާ ޓެސްޓުގެ ނަތީޖާ ބައެއް ފަހަރު ރަނގަޅު ނުވެދާނެ.“އެޗްޕީއޭ އިން މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަލީގެ އަލާމާތް ނެތް މީހަކު ރެޕިޑް ޓެސްޓުން ނެގެޓިވް ނަތީޖާ ލިބުނަސް ފަހުން ޕީސީއާރް ޓެސްޓެއް ހަދައިގެން ޕޮޒިޓިވް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top