ބ.އަތޮޅުގެ ތިން ރަށުގައި އައުޓް ޑޯ ޖިމް ގާއިމް ކުރަނީ

big_Z70VjXNCgSLmir5cU1geFCQIE.jpg

އިންޑިއާ ސަރުކާރުގެ އެހީއާއެކު ރާއްޖޭގެ އެކިސަރަހައްދުގެ ރަށްތަކުގައި ގާއިމް ކުރަން ހަމަޖެހިފައިވާ 61 އައުޓްޑޯ ޖިމް ތަކުގެ ތެރެއިން މާޅޮސް މަޑުލުން ހިމެނެނީ ބ. އޭދަފުއްޓާއި ކަމަދުއާއި ގޮއިދޫ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

އައުޓްޑޯ ޖިމްތައް އެޅުމަށް ނިންމާފައިވާ 61 ރަށުގެ މައުލޫމާތު ހާމަ ކޮށްފައިވަނީ ޔޫތު މިނިސްޓަރު އަހުމަދު މަޚްލޫފް މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

ރާއްޖޭގެ 61 ރަށުގައި ގާއިމް ކުރުމަށް ނިންމާފައިވާ އައުޓްޑޯ ޖިމަށް އިންޑިއާއިން ވެދޭ އެހީގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޮންމެ ޖިމަކަށް 130000ރުފިޔާގެ ބަޖެޓެއް ކަން ފޮރިން މިނިސްޓްރީގެ ޓްވިޓަރ އެކައުންޓުން އާއްމު ކޮށްފައިވާ މައުލުމާތުން އެނގެއެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top