ބ.އަތޮޅުގެ ރަށްރަށަށް ކޮވިޑް ވެކްސިން ފޮނުވަން ފަށައިފި

147774798_1872744749546158_7918613620356504675_n.jpg

ބ.އަތޮޅުގެ ރަށްރަށަށް ކޮވިޑް ވެކްސިން ފޮނުވުން --ފޮޓޯ ބ.އަތޮޅު ހޮސްޕިޓަލް އެފްބީ

ބ.އަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށަކަށް ކޮވިޑް ވެކްސިން ފޮނުވަން ފަށައިފިއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި މި މަސައްކަތް ކުރަމުން ދަނީ ސީ އެމްބިއުލާންސް ގައި ފުލުހުންގެ އެހީތެރިކަމާ އެކުގައެވެ.

ރަށަރަށަށް ވެކްސިން ފޯރުކޮށްދިނުމަށް މިއަދު ފެށި މި މަސައްކަތް މިއަދު ނިންމާލެވޭނެކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ 1ވަނަ ދުވަހުއެވެ.

މި މަސައްކަތް މާލޭގެ ހަ ސެންޓަރަކާއި، އަތޮޅުތެރޭގެ ސާދަ ސެންޓަރެއްގައިކުރަމުން އަންނައިރު ބ. އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް ވެކްސިން ދޭން ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މިހާތަނަށް ބ. އަތޮޅު ހޮސްޕިޓަލުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ 75 މީހަކަށް މި ވެކްސިން ދީފައިވާ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

ކޮވިޑް ވެކްސިން އަށް ފަހު ބައެއް މީހުންނަށް ސައިޑްއިފެކްްޓް ގެ އަސަރު ފެންނަމުންދާތީ އެކަމާ ބެހޭގޮތުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހި މީހުންގެ ތެރެއިން، ސައިޑް އިފެކްޓްސް ފެނިގެން ކޮންމެވެސް ވަރަކަށް ރިޕޯޓްތައް އެ ސެންޓަރަށް ލިބިފައިވާކަމަށެވެ. އޭގެ ތެރޭގައި ހުން އައުމާއި، ގައިގައި ރިއްސުމާއި އަދި ވެކްސިން ޖެހި ތަނަށް ތަދުވުންފަދަ ކަންކަން ހިމެނޭކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެހެންނަމަވެސް ވެކްސިން ދިން ފަރާތްތަކުގެ ތެރެއިން، ވެކްސިންގެ ސަބަބުން އިތުރު އުނދަގުލެއްވާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ހާލަތަށް ނުދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top