ރެސްޓޯރެންޓާއި ކެފޭ ފަދަ ތަންތަނުގައި ޝީޝާ ބޯ މީހުންނަން ފިޔަވަޅު އަޅަނީ

28a0f7360bf526aa66f5e5a640eedbdc.jpg

ކޮވިޑް-19 އާ ގުޅިގެން މިހާރު އަޅާފައިވާ ސަލާމަތީ ފިޔަވަޅުތައް އިތުރަަށް ހަރުދަނާ ކުރުމުގެ ގޮތުން ރެސްޓޯރެންޓާއި ކެފޭ ފަދަ ތަންތަނުގައި ޝީޝާ ބުއިން މަނާކޮށް، އެ ބޯ މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ އަހަރުގެ މާޗު މަހުގެ 20 އިން ފެށިގެން ރެސްޓޯރެންޓާއި ކެފޭ ފަދަ ތަންތަނުން ޝީޝާގެ ހިދުމަތް ދިނުން ވަނީ މަނާކޮށްފަ އެވެ. އަދި އެ ފިޔަވަޅަކަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

ހެލްތު އެމެޖެންސީ އޮޕްރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު އިންސްޕެކްޓޮރޭޓް ސެކްޝަންގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ ކެފޭ އާއި ރެސްޓޯރެންޓު ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ހިންގަނީ ގައިޑްލައިނާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް އެ އެޖެންސީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ފުލުހުން ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މީގެ ކުރީގެ އިންސްޕެކްޝަންތަކުގައި ޝީޝާގެ ހިދުމަތް ދޭ ތަންތަން ފާހަގަކުރެވި އެފަދަ ބައެއް ތަންތަނަށް ފިޔަވަޅު އަޅާފައިވާއިރު، މިފަހަރުގެ އިންސްޕެކްޝަނުގައި އެފަދަ ހިދުމަތް ދޭ ތަންތަނަށް އިތުރު ސަމާލުކަމެއް ދޭނެ ކަމަށް ނާސިރު ވިދާޅުވި އެވެ.

“ޝީޝާއަކީ ކޮވިޑްއާއި ގުޅިގެން އެއްކޮށް މަނާކުރެވިފައިވާ ކަމެއް. އެހެންކަމުން ޝީޝާ ބޭނުންކުރާ ކަމުގައި ވަނީނަމަ އަޅުގަނޑުމެން މި ގައިޑްލައިންގައި ބަޔާން ކުރާ ގޮތުންނަމަ ފިޔަވަޅު އެޅޭނެ” ނާސިރު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން ރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުމުގެ ހިދުމަތް ވަނީ މި ބަލިމަޑުކަން ފެނުނު ހިސާބުން މަނާކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top