އިންވިޓޭޝަން ކަޕްގެ ތާވަލް އެއްވަނައަށް 4 ޓީމް!

received_10155488016003402.jpeg

މިހާރު ދޮންފަނުގައި ކުރިޔަށްދާ އިންވިޓޭޝަން ކަޕްގައި އިއްޔެ ކުޅުނު މެޗުންވެސް ގޮއިދޫއާ، ދަރަވަންދޫ އެއްވަރު ތާވާލުގެ 1 ވަނާގައި 4 ޓީމް ހިއްސާކޮށްފިއެވެ.

އިއްޔެ ކުޅުނު މުބަރާތުގެ ދެވަނަ މެޗްގައި ގޮއިދޫއާ، ދަރަވަންދޫ ބައްދަލުކޮށް މެޗް ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. ހުކުރު ދުވަހު ޗެންޕިއަން ކިހާދޫއާ، ދޮންފަނު މެޗްވެސް ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. މިނަތީޖާއަށްބަލާއިރު 1 ޕޮއިންޓާއި، ފައިދާ އެއްވެސް ގޯލެއްނެތި، މިވަގުތު ތަވަލުގެ 1 ވަނާގައި އޮތީ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ އަދި ގޮއިދޫއެވެ. މުބާރާތުގައި އަދި އޭދަފުށި އެއްވެސް މެޗެއްނުކުޅެއެވެ.

ދޮންފަނު އިންވިޓޭޝަން ކަޕްގައި އިއްޔެ ކުޅުނު ދެވަނަ މެޗްގައި ދަރަވަންދޫއާ، ގޮއިދޫ އެއްވަރުވިއިރު މެޗްގެ ފުރަތަމަ ލަނޑު ޖެހީ ދަރަވަންދޫންނެވެ. ގޮއިދޫ އެއްވަރުކުރީ ފަހުހާފްގައި ލިބުނު ޕެނަލްޓީއަކުންނެވެ.

23 އަހަރުން ދަށަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގައި މިއަދު ބައްދަލުކުރާނީ އޭދަފުއްޓާއި، ކިހާދޫއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top