މާލޭގެ ގެދޮރުގެ ދަތިކަމަށް ހައްލެއް އައުމަށް ގެދޮރުގެ ވިޔަފާރިކުރާ މީހުން ބޭނުމެއް ނުވާނެ- އެމްޕީ. އަލީ

1527059883.jpg

ބ.ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭން

މާލޭގެ ގެދޮރުގެ ދަތިކަމަށް ހައްލު އައުމަށް ގެދޮރުގެ ވިޔަފާރި ކުރާ މީހުން ހިތުން ރުހުމުން ބޭނުން ނުވާނެ ކަމަށާ އެއްވެސް އިންސާނަކު ތިމާއަށް ލިބެން އޮތް މަންފާއެއް ފިލާދިއުމަކަށް ނޭދޭނެކަމަށް ބޭނުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވިދާޅުވެއްޖެ އެވެ.

އަލީ ހުސޭން މިހެން ވިދާޅުވެފައިވަނީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

“މާލޭގެ ތޮއްޖެހުމަށް ހައްލު އައުމަކީ ގޯތިގެދޮރުގެ ވިޔަފާރި ކުރާ އެއްވެސް މީހަކު ހިތުން ރުހުމުން ބޭނުންވާނެ ކަމެއް ނޫން. އެއްވެސް އިންސާނަކު ތިމާއަށް ލިބެން އޮތް މަންފާއެއް ފިލާ ދިއުމަކަށް ނޭދޭނެ. ނަތީޖާއަކީ ނިކަމެތިން އިތުރަށް ބިކަވެ ބޯހިޔާވަހިކަމަށް ތަޅާ ފޮޅަން މަޖްބޫރުވުން.” އަލީ ގެ ޓްވީޓުގައި ވިދާޅުވިއެވެ.

އެމްޕީ އަލީ މި ފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށި ހިޔާ ފްލެޓްތައް ހަވާލު ކުރުން ލަސްވަމުން ދާތީ ގިނަ ބަޔަކު އެކަމާ ޝަކުވާ ކުރަމުން ދަނިކޮށް އެ ފްލެޓްތަކަކީ ދިރިއުޅެން ކަމުދާތަނެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެމަޝްރޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވަނިކޮށް ކަން ފާހަގަ ކޮށްލެވެ އެވެ.

“އަޅާފައި ހުރި 7000 ފްލެޓަކީ މީހުން ދިރިއުޅެން ރަނގަޅު ތަނެއް ނޫނޭ. މިއަދުވެސް އަޅުގަނޑު މި ދަންނަވަނީ އެހެން. މިސާލަކަށް، އެއިން ޓަވަރެއްގައި އުޅޭނެ، ފަސްހާހަށްވުރެ ގިނަ މީހުން. ތިން ލިފްޓް އެހެރީ މީހުން އަރައި ފައިބަން. ޓަވަރެއްގައި ހުރީ. އޮފީސް ގަޑިއެއްގައި، ސްކޫލަށް މީހުން ކުދިންގެންދާ ގަޑިއެއްގައި، އެ ލިފްޓްތައް ބޭނުންކުރާނީ ކިހިނެއްތޯ ގަޑިއަށް މީހުން ދާން. ދެ ގަޑިއިރު ކުރިން ކިއު ޖައްސަންޖެހޭނެ.” ރައީސް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ވިދާޅުވީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ބައެއް މީޑިއާތަކުން ހާމަ ކުރެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top