ކުދިންނަށް އިންޓަނެޓްގެ ވަސީލަތްތައް ދޭއިރު އިތުރަށް ސަމާލުވުމަށް ސަރުކާރުން އެދެފި.

two-boys-sitting-on-sofa-in-lounge-playing-video-PMKWFD5_150.jpg

ކުދިންނަށް އިންޓަނެޓްގެ ވަސީލަތްތައް ދޭއިރު އެކަމަށް ސަމާލުވުމަށާއި ގޭމް ކުޅެން ވަކި ވަގުތެއް ކަނޑައެޅުމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއިން އެދެފި އެވެ. އެވެ.

އެ މިނިސްޓްރީއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ގިނަ ބަޔަކު ގޭގައި ތިބެގެން ތަފާތު ވީޑިއޯތަކާއި ފިލްމު ބަލަމުންދާ ކަމަށެވެ. އެގޮތަށް ތިބޭއިރު، އިންޓަނެޓު ލިބޭ ވަސީލަތްތައް ކުދިންނަށް ދޭއިރު މިވަގުތު އެންމެ ގިނައިން ބޭނުންކުރާ އެކައްޗަކީ އިންޓަނެޓާއި އިންޓަނެޓާ ގުޅިފައިވާ އެޕްލިކޭޝަންތައް ކަމަށެވެ.

އިންޓަނެޓުުގެ ޒަރިއްޔާ އިން ވެސް ދަރިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާކަން ފާހަގަކޮށް މިނިސްޓްރީން ވަނީ އިންޓަނެޓުގައި ދަރިން ހޭދަކުރާ ވަގުތުގައި އެކުދިން ކުރާ ކަންކަން ބެލުމުގައި ބެލެނިވެރިން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ޔޫޓިއުބުގައި ހުންނަ ޗެނަލްތަކުގައި ކުޑަކުދިން ގަޔާވާ ކާޓޫން ކެރެކްޓާ ބޭނުންކޮށްގެން އަމިއްލަ ފަރާތްތަކުން ހިންގަމުންދާ ޗެނަލްތައް އިތުރުވަމުންދާ ކަމަށާއި އެފަދަ ޗެނަލްތަކުގައި އިސްލާމްދީނުގެ އިޖުތިމާއީ މިންގަނޑާ ހިލާފު އަދި ކުޑަކުދިންގެ އުމުރާ ނުގުޅޭ ކަންކަން ހިމަނާފައި ހުންނަ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން އާންމުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ މަލްޓިޕްލޭޔާ އޮންލައިން ގޭމްތައް ކަމަށްވާ ފޯޓްނައިޓް އާއި ފަބްޖީ އަކީ ކުޑަކުދީންވެސް ބޭނުންކުރާ ތަކެތި ކަމަށް މިނިސްޓްރީއިންބުނެއެެވެ.

މިނިސްޓްރީއިން ބުނީ އެތަކެއްޗަކީ ހަނގުރާމައިގެ މައިދާނެއް ތަޖުރިބާ ކުރެވޭގޮތަށް ހަދާފައިވާ ގޭމްތައް ކަމަށާއި ހަތިޔާރު ގެންގުޅުމާއި މީހުން މެރުން އެ ގޭމްތަކުން ދައްކުވައިދޭ ކަމަށެވެ.

އޭގެއިތުރުން ލައިވް ވޮއިސް ޗެޓް ބޭނުންކުރެވޭ އެފަދަ އެޕްލިކޭޝަންތަކުގައި ހަޑި ހުތުރު ބަހުރުވައިން ވާހަކަ ދައްކާ ހަދާ ކަމަށާއި އޭގެ ސަބަބުން ކުޑަކުއްޖާއަށް ނަފްސާނީގޮތުން ގެއްލުން ވުން އެކަށީގެންވާ ކަމަށް މިނިސްޓްރީއިން ބުނެފަ

މިކަންކަން ހައްލު ކުރުމުގެ ގޮތުން ބެލެނިވެރިން ތިބޭ ތަނެއްގައި ކަނޑައަޅާފައިވާ ވަކި ގަޑިއެއްގައި އެކުދިން ގޭމް ކުޅުމަށް ބާރުއެޅުން ހިމެނެއެވެ. އޭގެ ސަބަބުން ކުދީންގެ ބަހުރުވައާއި އެކުދީންނަށް ރައްދުވާ ބަސްތައް ބެލެނިވެރީންނަށް މޮނިޓާ ކުރެވޭނެ ކަމަށް މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.

އަދި ކުދިންނަށް ގޭމް ކުޅެން ދޭއިރު އެ ގޭމްއަކީ ކުއްޖާގެ އުމުރާ ގުޅުންހުރި ގޭމެއްތޯ ބެލުން މުހިއްމު ކަމަށްވެސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top