އެލައިޑްގެ އެހީ ބ.އަތޮޅު ތައުލީމީ މަރުކަޒަށް

large_17043578318PxFJ.jpg

އެލައިޑް އިންޝުއަރަންސްގެ އިޖުތިމާއީ ޒިންމާ “ޕްރިމިއަމް ފޯ ގުޑް”ގެ ދަށުން ތައާރަފު ކޮށްފައިވާ އެޑިއުކޭޝަނަލް ފަންޑުން އެހީ ލިބުނު ފަރާތްތަކުގެ ތެރޭގައި ބ.އަތޮޅު ތައުލީމީ މަރުކަޒު ހިމެނިއްޖެ އެވެ.

”އެލައިޑް އެޑިއުކޭޝަން ފަންޑް“އަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ޚިޔާލުތަކަށް ހިތްވަރުދޭ ފަންޑިން ޕްރޮގްރާމެކެވެ.

ފަންޑިން ޕްރޮގުރާމް ތަކަށް ހޮވުނު ފަރާތްތައް އިއުލާނު ކުރީ މިއަދު އެލައިޑުގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ފަހަރުގެ އެޑިއުކޭޝަން ފަންޑުން އެހީ ބ.އަތޮޅު ތައުލިމީ މަރުކަޒުގެ އިތުރުން ފަސް ސްކޫލަކުން ހިންގާ ޕްރޮޖެކްޓަކަށް ދޭން ނިންމާފައިވެއެވެ. އެއިން ކޮންމެ ޕްރޮޖެކްޓަކަށް ވެސް އެލައިޑުން 25،000ރ. ފަންޑުކޮށްދޭނެއެވެ.

އެޑިއުކޭޝަން ފަންޑުން އެހީ ދޭން ނިންމާފައިވާ ސްކޫލު ތަކާއި ޕްރޮޖެކްތަކަކީ:

  • ލ. މާމެންދޫ ސްކޫލް – ސްޓޫޑެންޓް ޑިވެލޮޕްމެންޓް ޕްރޮގްރާމު
  • ށ. ފޯކައިދޫ ސްކޫލް – ސްޓަޑީ ބެންޗް ގާއިމްކުރުމަށް
  • ބ. އަތޮޅު އެޑިއުކޭޝަން ސެންޓާ، – އޯޑިއޯ ވިޝުއަލް ރޫމް ތަރައްގީ ކުރުމަށް
  • ތ. ހިރިލަންދޫ ސްކޫލް – ސެން ކުދިންނަށް ކިޔަވައިދޭން އެކަށީގެންވާ މާހައުލެއް ބިނާ ކުރުމަށް
  • މަދަރުސަތުލް އިފްތިތާހް، ޅ. ނައިފަރު – ބެލެނެވެރިންނަށް ލިޓަރަސީ ވޯކްޝޮޕެއް ކުރިއަށް ގެންދިއުމަށް
  • މުހައްމަދު ޖަމާލުއްދީން ސްކޫލް – ލައިބްރަރީއަށް ފޮތް އިތުރުކުރުމަށް

    އަންނަ އަހަރު ވެސް މި ފަންޑިން ޕްރޮގްރާމު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.

    ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންޝުއަރަންސްގެ ޚިދުމަތްދެމުން އަންނަ އެލައިޑުން އެޑިއުކޭޝަން އަދި ކޮމިޔުނިޓީ ފަންޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ، މިދިޔަ އަހަރުގެ ޖޫން މަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top