އަރިދަފުސް ރޯގާ އަށް

homemade-honey-ginger-throat-remedy-the-most-efficient-treatment-for-sore-throat-cold-and-flu.jpg

(އައިޝާ)   ހުން އައުމާއެކު ކަރުގައި ރިއްސުމާ، އަރިދަފުސް ރޯގާގެ ރޯގާގެ އަލާމާތެއް ފެނއްޖެނަމަ އަހަރެމެންގެ އާދައަކީ ބޭސް ފިހާރައަކާ ދިމާއަށް ދުއްވައިގަތުމެވެ. އެތަނުގައި އިންނަ ބޭސްވިއްކާމީހާގެ ގާތަށް ގޮސް އޭނާ ދޭ ޕެނަޑޯލް ގުޅަ ނޫނީ އެހެން ވެސް ބޭހެއް ގަނެގެން ގެންގޮސް ބޭނުން ކޮށްލެވެނީ އެވެ. މިއީ ރަނގަޅު އާދައެއް ނޫނެވެ. ޑޮކްޓަރީ ބޭސް ބޭނުންކުރުމުގެ ބަދަލުގައި މި ބާވަތުގެ ރޯގާތަކަށް ގޭގައި ދެވޭނެ ފަރުވާތައް ބައިވަރެވެ. އަހަރެމެންގެ ކާބަފައިން އުޅުނީ ގޭގައި އަމިއްލަ އަށް ބޭސް ތައްޔާރުކޮށް ފަރުވާހޯދައިގެންނެވެ.

ތިމާއަށް ނުވަތަ ދަރިންނަށް އަރިދަފުސް ޖެހި ކަރުގައި ރިއްސާފައި ހުންނަ އަންނަ ނަމަ މި ފަހަރު މި ބޭސް އަޖުމަ ބަލާއިލަމާ ހިނގާށެވެ.

ތައްޔާރު ކުރާނެ ގޮތް

1 ތެއްޔަކަށް ނުވަތަ ބޯތައްޓަކަށް ބައިޖޯޑު ފެން އަޅާފައި 2 ސަމުސާ ލުބޯ ހުތާއި 4 މޭޒުމަތީ ސަމުސާ މާމުއި އެއްކޮށްލާށެވެ.

2 މާމުޔަކީ ވަރަށް ގިނައިން އެންޓިއޮކްސައިޑް ހުންނަ އެއްޗަކަށް ވާތީ ކަރުގައި ރިއްސުން ފަދަ ބަލި ތަކުން ދިފާއު ކޮށްދެއެވެ.

3 ސައިސަމުސަލެއްގެ އިނގުރާއި ބައިސަމުސާ ކަރަންފޫ ހިމުން ކޮށްލާފައި އަޅާލާށެވެ.

4 ހުރިހާއެއްޗެތި ރަނގަޅަށް އެއްކޮށްލާށެވެ.

5 މިހާރު އެހެރީ ރޯގާއަށް މޮޅު ބޭހެއް ތައްޔާރު ކުރެވިފައެވެ. ދުވާލަކު 3 އިރު އިރަކު ސައިސަމުސަލެއް ބޮމުން ގެންދާށެވެ.

(މައުލޫމާތު: ހެލްތުލައިން )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top