ފިހާރަތަކާއި ސައިހޮޓާތައް ބަންދުކުރާ ގަޑި އިތުރު ކޮށްފި

Fasmugoo1.jpg

އޭދަފުށި ފަސްމުގޫ ފިހާރަ

ފިހރަތަކާއި ސައި ހޮޓާ ތަކާއި ރެސްޓޯރެންތް ފަދަ ތަންތަން ހުޅުވާ ފައި ބެހެއްޓޭ ގަޑި އިތުރު ކޮށްފިއެވެ. މިއަދު އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މާދަމާއިން ފެށިގެން ފިހާރަތައް ރޭގަނޑު 11:00 ޖަހަންދެން ހުލުވާފައި ބެހެއްޓޭނެ ކަމަށާ ކެފޭ ރެސްޓޯރެންޓް ތައް ދަންވަރު 1:00 އާއި ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމުގައެވެ.

އެ ބަދަލު ގެނައި ބޮޑު އީދުގެ ބަންދާ އެކު ގިނަ ވަގުތު މީހުން ހޭލާ އުޅޭނެތީ އާއި ވިޔަފާރި ކުރުން ފަދަ ކަންކަމަށް ހޭދަކުރާ ވަގުތު އިތުރުވާނެތީ އާންމުންނަށް ލުޔެއް ދިނުމެއް ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީންމި ގޮތަށް ބަދަލުތައް ގެނައީ މިމަހުގެ ނިޔަލަށެވެ. އެހެންކަމުން އަންނަ މަހުން ފެށިގެން ކުރިންވެސް އޮންނަ ގޮތަށް ފިހާރަތަކާ ރެސްޓޯރެންޓުތައް ބަންދުކުރަން ޖެހޭނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top