މުޒާހަރާ ކުރަނިކޮށް ރޯހައުސްތައް ލިބޭ މީހުންގެ ލިސްޓް އާއްމުކޮށްފި

large_175818773551a083.png

ބ. ތުޅާދޫގައި އިމާރާތްކޮށް ނިމިފައިވާ, ރޯހައުސްތައް ދޫކުރުން ލަސްވާތީ އެކަމާ ނުރުހުން ފާޅުކުރުމަށް ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ, ކައުންސިލް އިދާރާގައި މުޒާހަރާ ފެށި ފަހުން ރޯހައުސްތައް ލިބޭ މީހުންގެ ލިސްޓް މިއަދު އާއްމުކޮށްފިއެވެ.

އެ މުޒާހަރާގެ ބައިވެރިއަކު ބުނީ، މިއަދު ހެނދުނު މުޒާހަރާ ފެށީ އެ ރަށުގައި އިމާރާތްކޮށްފައިވާ 100 ރޯހައުސްތައް ލިބޭނެ މީހުންގެ ދާއިމީ ލިސްޓު މިއަދު އިއުލާނުކުރާނެ ކަމަށް ބުނެފައި އެކަން ނުކުރުމުން ކަމަށެވެ.

ރެއިން ފެށިގެން އެ މުޒާހަރާ ކުރަމުން އަންނައިރު، މިއަދު ހެނދުނު ތުޅާދޫ ކައުންސިލް ހުޅުވުމާ އެއްކޮށް އެތަނުގެ ތެރެއަށް ގިނަ ރައްޔިތުންތަކެއް ވަދެ, ވަނީ މުޒާހަރާ ކުރަން ފަށާފައެވެ. އެއާއެކު ކައުންސިލް ހިންގުމަށް ދަތިވިއެވެ.

އޭގެ ފަހުން މިއަދު 2 ޖެހިއިރު ތުޅާދޫ ކައުންސިލުން ވަނީ އެ ރަށުގައި އިމާރާތްކޮށްފައިވާ ރޯހައުސްތައް ލިބޭ މީހުންގެ ލިސްޓް އާއްމުކޮށްފައެވެ.

އެއީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން, 1،600 އެއްހާ މީހުން އުޅޭ ތުޅާދޫގައި މިހާރު ޢިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓްގެ ތެރެއިން، ކެޓަގަރީ- އޭގެ މީހުންނަށް ދިނުމަށް ހަމަޖެހިފައިވާ 92 ހައުސިން ޔުނިޓާއި ކެޓަގަރީ–ބީއަށް ކުރިމަތިލާފައިވާ މީހުންނަށް ދިނުމަށް ނިންމާފައިވާ އަށް ހައުސިން ޔުނިޓަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓެވެ.

ތުޅާދޫގައި އޮންނަނީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލެކެވެ. ނަމަވެސް، އެ ދާއިރާގެ މެންބަރަކީ ސަރުކާރާ ވަރަށް ގުޅުން ބޮޑު, އަދި މަޖިލީހުގެ ތެރެއިން ސަރުކާރަށް ބޮޑު އެއް ބާރުލުމެއް ދެއްވާ, އަމިއްލަ މެންބަރެއް ކަމަށްވާ, އަބްދުލްހަންނާން އަބޫބަކުރެވެ.

ތުޅާދޫއަކީ މިހާރު ވެސް ބިން ހިއްކާފައި އޮންނަ ރަށެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top