ހިތް ހަށިގަނޑުން ބޭރުގައި އޮތް ކުއްޖަކު، ވިހައިފި

heart.jpg

ހަށިގަނޑުން ބޭރުގައި ހިތް އޮތް ތުއްތު ފިރިހެން ކުއްޖެއް އިންޑިޔާގެ އަންހެނަކު ވިހައިފި އެވެ.

އުއްތަރު ޕްރަދޭޝްގައި ދިރިއުޅޭ 24 އަހަރުގެ ޕްރިޔަންކާ ޕަލް ބުނީ އޭނާ ވިހެއުމަށް ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

އެހެން ނަމަވެސް އޭނާ ވިހެއި ތުއްތު ފިރިހެން ކުއްޖާއަށް ދިމާވެފައި ވަނީ ވަރަށް އާދަޔާ ޚިލާފު ހާލަތެކެވެ. އެކްޓޯޕިއާ ކޯޑިސް ކިޔާ މި ހާލަތު ދިމާވުމުން، ކުއްޖާގެ ހިތް އޮންނަނީ ހަށިގަނޑުގެ ބޭރުގަ އެވެ.

މި އާދަޔާ ޚިލާފު ހާލަތް ދިމާވަނީ ކޮންމެ 1 މިލިޔަން ފަހަރަކުން 8 ފަހަރުގަ އެވެ. އަދި މިގޮތަށް ވިހާ ތުއްތު ކުދިންގެ ތެރެއިން 90 ޕަސަންޓު ކުދިން ފުރަތަމަ 3 ދުވަސް ތެރޭގައި މަރުވެ އެވެ.

އެހެން ނަމަވެސް މިއާ ޚިލާފަށް، ޕްރިޔަންކާ ޕަލްއަށް ލިބުނު މި ތުއްތު ފިރިހެން ކުއްޖާ ވަނީ އޭނާގެ ޢުމުރުން 6 ވަނަ ދުވަހަށް ނޭވާ ލާފަ އެވެ. އެކަމަކު މިއީ ޢާންމުކޮށް ވާ ގޮތެއް ނޫނެވެ.

ކުއްޖާ ވިއްސި ސަރުކާރު ހޮސްޕިޓަލުގެ ސްޓާފުން ބުނީ، އެ ކުއްޖާ ދުނިޔޭގައި ބެހެއްޓުމަށް އެދޭ ނަމަ އެކުއްޖާގެ ހިތް ހަށިގަނޑުގެ އެތެރެއަށް ލުމަށް އެމަރޖެންސީ ސާރޖަރީއެއް ހެދުމަށެވެ.

މި ޢާއިލާއަކީ ވަރަށް ބޮޑަށް ފަޤީރު އާއިލާއެކެވެ. ޢާއިލާގެ ބައްޕަ ނިރްބާއީ ޕަލް ކުރާ މަސައްކަތުން އާއިލާއާސް ޢާންމުކޮށް ލިބެނީ ދުވާލަަަށް 3 ޕައުންޑަށް ވުރެ މަދު ފައިސާ އެވެ. މި ފައިސާއިން ދަރިފުޅުގެ ހިތުގެ ސާޖަރީ ހެދުމަށް ދާނެ ހަރަދު ހިފަހައްޓައެއް ނުލެވޭނެ އެވެ.

“ޑޮކްޓަރުން ބުނީ އަމިއްލަ ހޮސްޕިޓަލަކަށް ގޮސް ސާރޖަރީ ހަދާށޭ. އެކަމަކު އަހަރެންނަކީ ފަޤީރަކީމު. އަހަރެންގެ ޢާއިލާއަށް ދުވާލަކު ދެ ގަޑީގެ ކެއުން ވެސް ހަމަ ކޮށް ނުދެވޭ. އަހަރެން މި އުންމީދު ކުރަނީ މިހާރު، ސަރުކާރުން ކޮންމެވެސް ކަހަލަ އިނާޔަތެއް ދޭނެ ކަމަށް.” ނިރްބާއީ ޕަލް ބުންޏެވެ.

އުއްތަރު ޕރަދޭޝްގެ ސުލްތާންޕޫރު ހޮސްޕިޓަލުގައި ފުރަތަމަ އޮތް މި ތުއްތު ކުއްޖާ މިހާރު ވަނީ ކައިރީގައި ހުރި އެހެން ސިޓީއެއްގެ ހޮސްޕިޓަލަށް ބަދަލު ކޮށްފަ އެވެ.

މި ކުއްޖާގެ ސާރޖަރީއަށް ހިނގާނެ ޚަރަދު އަދި ސާފުކޮށް އެނގިފައެއް ނުވެ އެވެ. އަދި ސާރޖަރީއާ ހަމަައަށް ދަން ދެން މި ކުއްޖާ ދާނީ އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ޓްރާންސްފަރ ކުރަމުންކަމަށްވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top