ކާށިދޫ ފާތުމާ ނިޔާ ވެއްޖެ

DSCN0750.jpg

އޭދަފުށީގެ އެންމެ ބޮޑު އެއް އާއިލާކަމުގައިވާ ކާށިދޫ އާއިލާގެ ގިނަ ދަރިން އުފައްދާފައިވާ އޭދަފުށީ ފެހަނޑަމާގޭ ފާތުމާ އިބްރާހީމް އުމުރުން 94 އަހަރުގައި ރޭ ނިޔާ ވެއްޖެއެވެ.

ފާތުމާ ނިޔާވީ މުސްކުޅި ބަލީގައި ގިނަދުވަސްތަކެއް ވޭތުކުރުމަށްފަހު ފާއިތުވި ތިން ދުވަހު ބަލި ހާލު އިތުރަށް ގޯސްވެގެންކަމުގައި އޭނާގެ އަންހެން ދަރިއަކު ބުންޏެވެ.

ފާތުމަ ނިޔާވިއިތު އޭނާއަށް މަންމަ ކިޔާ ފަސް ދަރިންނާއި މާމަ ކިޔާ ތިރީހަށްވުރެ ގިނަ ދަރިންނާއެކު މުނިމާމަކިޔާ ދަރިންވެސް ދުނިޔޭގައި އެބަ ތިއްބެވެ.

މަރުހޫމާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ ރޭ ފަތިސްނަމާދަށްފަހު އޭދަފުށީ ބޮޑު މިސްކިތުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top