އޭދަފުށި، ގާދޫ، ޒާން މުހައްމަދު ޒަމީލު 20، ހާފިޒް ކަމުގެ މަތިވެރި ޝަރަފާއި އެކާމިޔާބީ އަށް މަރުހަބާ ކިއުމުގެ ގޮތުން އޭދަފުށީގެ މަޝްހޫރު ކްލަބް، ކްލަބް ބިގިނާސް (ޓީބީ)އިން މިއަދު ޚާއްސަ ހަފްލާއެއް ބާއްވައިފި އެވެ.
ޒާންގެ އާއިލާ ހިމެނޭހެން ރަށުގެ ވެރިންނާއި އިސް ރަށްވެރިންގެ އިތުރުން ކަމުވޮށިވެގެންވާ ގިނަ ބަޔަކަށް ދައުވަތު ދީގެން ބާއްވާފައިވާ މި ހަފްލާ އޮތީ މިއަދު މެންދުރު 1:00 ގައ އޭދަފުށީ މަލްޓި ޕާޕަސް ގައެވެ.
ޓީބީ ގެ ރައީސް ރާމިޒް ޔޫސުފް ވިދާޅުވީ ޒާން ފަދަ ޒުވާން ކުއްޖަކު އޭދަފުއްޓަށް މިހޯދައިދިން ރީތި ނަަމާ ޝަރަފަކީ އޭދަފުށީގެ ލޭ ހިނގާ ކޮންމެ ދަރިއަކުވެސް ފަޚުރުވެރިކަމާއެކު ފާހަގަކުރާނޭ ކަމެއް ކަމުގައެވެ. އަދި ޓީބީއަކީ ރަށަށް ރީތި ނަން ހޯދައިދޭ ކޮންމެ ފަރާތަކަށްވެސް އަމަލީ ގޮތުން އެކަމުގެ ޝުކުރު އަދާ ކުރާން އިސްނަގާނެ ޖަމިއްޔާއެއް ކަމުގައެވެ.
”އަޅުގަނޑުމެން މުހިންމީ ހަމައެކަނި ކުޅިވަރުން ރިތި ނަން ހޯދައިދޭ ފަރާތްތަކެއް ނޫން. އިލްމީ ގޮތުންނާއި ތަފާތު އެކި ފަންނު ތަކުން ރަށަށް ރީތި ނަން ހޯދައިދޭ ކޮންމެ ފަރާތެއް ވެސް އަޅުގަނޑުމެން ދެކެނީ ބަތަލުންގެ ގޮތުގައި “
ޒާން ،ކީރިތި ޤުރުއާން ހިތުދަސްކޮށް، ޙާފިޒްކަމުގެ މަތިވެރި ކާމިޔާބީއާ އެކު ރަށަށް އެބރި އައުމުން އޭނާއަށް ވަނީ ރަށު ކައުންސިލުން ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފަ އެވެ.






