އިތުރު އެއް ހަފްތާ، ސްކޫލްތައް ބަންދު

17021591_1776737905686085_7658545674951408728_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް

ސްކޫލްތަކުގެ ފުރަތަމަ ޓާމް ޗުއްޓީ ނިމި އަންނަ ހަފްތާގައި ކިޔަވަން ފަށަން ތައްޔާރުވެފައި އޮތް ނަމަވެސް އަންނަ ހަފްތާގައިވެސް ސްކޫލްތައް ބަންދުވާނެކަމަށް ކޮރޯނާ ވައިރަސްގެ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ސްޕޯކްސްޕާސަން މަބުރޫކް އަޒީޒް ވިދާޅުވީ، ސުކޫލްތައް ހުޅުވުން އެއް ހަފްތާއަށް މަޑުޖައްސާލާފައިވާ ކަމަށެވެ.

އެހެން ކަމުން ސްކޫލްތައް ހުޅުވާނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

މަބުރޫކް އަދި ވިދާޅުވީ، ހާލަތަށް ބަލާ ސްކޫލްތައް އިތުރަށް ލަސްކުރަން ޖެހޭ ނަމަ އެކަން ވެސް ސަރުކާރުން ކުރާނެ ކަމަށާއި މިވަގުތު އާންމުންގެ ސަލާމަތަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ވެސް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ.

“މިވަގުތަށް އެއް ހަފްތާއަށް މި މަޑުޖައްސާލީ ސްކޫލްތައް ހުޅުވުން. ހާލަތަށް ބަލައި އެ ޑެޒިޝަން ވެސް ރިވައިޒްކޮށް އިތުރަށް މުއްދަތު އިތުކުރަން ޖެހިއްޖިއްޔާ ކުރާނެ،” މަބުރޫކް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top