ވޯޓް އެއްވަރުވި ފެހެންދޫ ކައުންސިލްގެ ދެވަނަބުރު ހޮނިހިރު ދުވަހު ބާއްވަނީ

fehendhoo.jpg

ބ. ފެހެންދޫ އޭރިއަލް ފޮޓޯއެއް

މިއަތޮޅު ފެހެންދޫ ކައުންސިލަށް އިންތިހާބުކުރަންޖެހޭ މެމްބަރުންގެ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާވޯޓް އެއްވަރުވެފައިވާތީ އެރަށު ކައުންސިލްގެ އިންތިހާބުގެ ދެވަނަބުރު އަންނަހޮނިހިރު ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފިއެވެ.

ފެހެންދޫގެ އިތުރުން ރާއްޖޭގެ އެހެންހިސާބުތަކުގެ 3 ރަށެއްގައިވެސް ވޯޓް އެއްވަރުވެފައިވާތީ ހޮނިހިރު ދުވަހު އިންތިހާބު ބާއްވާގޮތަށްވަނީ ހަމަޖައްސާފައެވެ. އެއީ ހއ.މުރައިދޫ، ރ. މާކުރަތު އަދި ގއ.ކޮނޑޭ ކައުންސިލްގެއެވެ.

އިލެކްޝަންސް ކޮމިޝަން ނަތީޖާ ދައްކާގޮތުން ބ. ފެހެންދޫގައި 74 ވޯޓުން އެއްވަރުވައފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓަކާ، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެކެވެ. އެރަށު ކައުންސިލްގެ އަނެއް ހަތަރުގޮނޑީގެ ތެރެއިން ޖޭޕީއަށް ދެގޮނޑި ލިބިފައިވާއިރު، އެމްޑީޕީންވެސް ދެގޮނޑި ނަގާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top