ރައީސްގެ ފަސް މިލިޔަން ޓޫރިސްޓުންގެ އަމާޒަށް ޑރ.އުގައިލްގެ ތާއީދު

Untitled-1.jpg

އަންނަ ރިޔާސީ ދައުރުގައި 5 މިލިއަން ޓޫރިސްޓުން ގެނައުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަނޑައެޅުއްވި އަމާޒަށް އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ދިވެހި ޕްރޮފެސަރު ހަސަން އުގައިލް ތާއީދުކުރައްވައިފިއެވެ.

ތ. ވިލުފުށީގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖެއަށް ޓޫރިސްޓުން އިތުރު ކުރުމަށް ޓަކާ ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުން ކަމަށާއި އަމާޒަކީ 2028 ވަނަ އަހަރު އަންނަން ވާއިރަށް އަހަރަކު ފަސްމިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށެވެ.

ރައީސް ސާލިހުގެ ވާހަކައަށް ތާއީދު ކުރައްވަމުން އުގައިލް ވިދާޅުވީ ރައީސްގެ 5 މިލިއަން ޓޫރިސްޓުންގެ އަމާޒު ރަނގަޅު ކަމަށެވެ.

”މިއަމާޒު ރަނގަޅު. އަޅުގަނޑުމެން އަމާޒު ހިފަންވީ ގައުމުގެ ރައުސުލްމާލު ބޮޑުކޮށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް. އޭރުން ކުރިމަގުގައި އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދަމާލެވޭނީ،“ އުގައިލް ވިދާޅުވިއެވެ.

ރައީސް ސޯލިހު މިއަދު ވިދާޅުވީ، މި އަހަރު ނިމޭއިރު 1.9 މިލިއަން ޓޫރިސްޓުން ގެންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ ދައުރުގެ ތެރޭގައި އިގްތިސާދުގެ ސައިޒު 80 ބިލިއަން ރުފިޔާ އިން 170 ބިލިއަން ރުފިޔާ އަށް ބޮޑު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top