ބ.އަތޮޅު ކައުންސިލްގެ އޭދަފުށީ ދާއިރާގެ ގޮޑި އެމްޑީޕީގެ ޓިކެޓްގައި ނުކުތް މަބްރޫކް ނަސީރު ކާމިޔާބު ކުރައްވައިފިއެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން މަބްރޫކް މި ގޮޑި ކާމިޔާބު ކޮށްފައިވަނީ ޕީޕީއެމް ކެންޑިޑޭޓް އަބްދުއްﷲ އަޝްރަފް އާއި ވާދަކުރައްވައިގެން 1210 ވޯޓު ހޯއްދަވައިގެންނެވެ. އަބްދުﷲ އަޝްރަފަށް ލިބިވަޑައިގެންނެވީ 1165 ވޯޓެވެ.
އެހެންނަމަވެސް އަދި ބައެއް ރިސޯޓްތަކާއި އެހެނިހެން ސަރަހައްދުތަކުގައި ބަހައްޓާފައިވާ އޭދަފުށީ ދާއިރާގެ ވޯޓު ފޮށިތަކުގެ ނަތީޖާ އަދި ނުލިބޭތީ، މި ނަތީޖާ އަށް ބަދަލު އައުމަކީ އެކަށީގެން ނުވާ ކަމެއް ނޫނެވެ.