ނޫސްވެރިންގެ ޕެޓިޝަން ރައީސް އޮފީހަށް

FXC-M24agAE7oXs.jpg

ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ހެއްކާބެހޭ ބިލުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ބިލު ހިމަނާގައިވާ މާއްދާއާއި ދެކޮޅަށް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން އިސްނަގައިގެން ސޮއިކުރި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށައަޅައިފިއެވެ.

މި ޕެޓިޝަންގައި 158 އަށްވުރެ ގިނަ ނޫސްވެރިން ސޮއިކޮށްފައިވެއެވެ.

ނޫސްވެރިންގެ އިތުރުން އެ މީހުން ތަމްސީލުކުރާ ފަރާތްތަކުން ވެސް ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ބިލު އިސްލާހު ނުކޮށް ފާސްނުކުރަން އެދިފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުން ހެއްކާ ބެހޭ ބިލް ފާސްކުރީ މިދިޔަ މަހުގެ 30 ގަ އެވެ. މި ބިލާ މެދު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ 136 ވަނަ މާއްދާ އެވެ.

އެމާއްދާގެ (ހ) ގައި ބުނެގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް ވެސް މަޖުބޫރު ކުރެވިދާނެ އެވެ.

މިއީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ހަނިވެގެންދާނެ ކަމެކެވެ.

އެމްޖޭއޭއިން ބުނެފައިވަނީ، މަޖިލީހުން ފާސްކޮށްފައިވާ ހެއްލާބެހޭ ބިލިގެ 136ވަނަ މާއްދާގައި، ކޯޓުން ބޭނުންވެއްޖެ ހާލަތެއްގައި މަސްދަރު ހާމަކުރަންޖެހޭ ގޮތަށް އެބިލުގައި ހިމަނާފައި އޮތުމަކީ ނޫސްވެރިންގެ ކަންބޮޑުވުން އޮތް ކަމެއް ކަމުގައެވެ. މި މިގޮތަށް މި މާއްދާ ފަރުމާ ކޮށްފައި އޮތުމަކީ ނުފުޒާއި ބާރުހުރި ފަރާތްތަކަށް އެކަމުގެ ނާޖާއިޒް ފާއިދާ ނަގަން ހުޅުވާލެވޭ ދޮރެއްކަމަށް އެޖަމިއްޔާއިން ދެކޭކަމަށްވެސް ބުނެފައި ވެއެވެ.

އެހެންވެ އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްސީސީ) އިން ވަނީ ބިލް ތަސްދީގު ނުކުރަން ގޮވާލައިފަ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top