ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން މިހާރު މާލޭގައި ކުރިއަށްދާ “ރަމަޟާން ނެޓްބޯޅަކަޕް”ގައި ރޭ ކުޅުނު މެޗުން “ޓީމް އޭދަފުށި” ބޮޑުތަފާތަކުންމޮޅުވެ، ސަޕޯޓަރުން ހެއްވާލައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ ނެޓްބޯޅަކޯޓްގައި ރޭ ކުޅުނު ގްރޫޕް ސްޓޭޖެގެ ފަހުމެޗުން “ޓީމް އޭދަފުށި” މޮޅުވީ އެމްއެޗް ލިގާލްޒްއާއި ވާދަކޮށްގެން 24-5 އިންނެވެ. ކްއީން އޮފްދަ މެޗަށް ހޮވިފައިވަނީ “ޓީމް އޭދަފުށީ”ގެ ނުވާޝާއެވެ.
މި މެޗުން މޮޅުވުމާއެކު ސެމީފައިނަލްގެ ޖާގަވެސް ކަށަވަރުވީއެވެ.
“ހުކުރުދުވަހުގެ ރޭގެ މެޗުން ބަލިވުމުން ޓީމްގެ ކުޅުންތެރިންތިބީ މި މެޗްގައި ހިތްވަރުކޮށްގެން މޮޅުވުމަށް ވަރުގަދަ އަޒްމެއްގައި.ހުރިހާ ކުޅުން ތެރިންގެ ވެސް މަސައްކަތާއެކު މޮޅުވީ . ” ޓީމްގެ އޮފިޝަލަކު ބުންޏެވެ.
މި މުބާރާތުގައި މިރޭ އަނެއްކާވެސް “ޓީމް އޭދަފުށި ނުކުންނާނީ ފައިނަލަށް ދިއުމުގެ މަގު ސާފުކުރުމަށް ފިއޮންޓީ ޖޫނިއަރސް އާއި ދެކޮޅަށެވެ.މި މެޗްވެސް އޮންނާނީ މިރޭ 11 ޖަހާއިރު ޒުވާނުންގެމަރުކަޒުގެ އައުޓްޑޯ ނެޓްބޯޅަ ކޯޓްގައެވެ.