އޭދަފުށި ހިމެނޭހެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާގައި ބައިވެރިވާން ހުޅުވާލައިފި

284995834-571438877663951-2568924963790072002-njpg-1536x864.jpg

އޭދަފުށި ހިމެނޭހެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2022 ގައި ބައިވެރިވާން އެ ކުންފުނިން މިއަދު ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ، އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުން ބާރުވެރި ކުރުމަށް އެކުންފުނީގެ ސީއެސްއާރުގެ އިސްނެގުމެއް ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ މަގުސަދަކީ ސްޓްރަކްޗާޑް އެޑިއުކޭޝަނަލް ޓްރެއިނިން ޕްރޮގްރާމްތަކުގެ ތެރެއިން ޒުވާނުން ތަރައްގީ ކުރުން ކަމަށާއި ޒުވާނުންގެ ހުނަރުތައް އިތުރުކޮށް، އެ ހުނަރުތައް ކޯޕަރޭޓް މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުން ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ބައިވެރިންނަށް ދިރާގުގެ އެކި ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިިބިގެން ދާނެ އެވެ. އެގޮތުން ކޯޕްރޭޓް ހިދުމަތްތަކާއި، ކްރެޑިޓް ކޮންޓްރޯލް އެންޑް ކަލެކްޝަނާއި، މާކެޓިން ކޮމިޔުނިކޭޝަންސް އެންޑް ޕީއާރު ފަދަ ދާއިރާތަކުގެ ޓްރެއިނިން ދޭނެ އެވެ.

އޭދަފުށީގެ އިތުރުން މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހުޅުވާލެވިފައިވަނީ މާލެ އާއި ފުވައްމުލައް، އަދި ލާމު އަތޮޅާއި ހދ. ކުޅުދުއްފުއްޓަށެެވެ.

އެ ރަށްރަށުގެ ދިރާގު އޮޕަރޭޝަން ސެންޓަރު މެދުވެރިކޮށް ޕްރޮގްރާމުގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޭ ލެވެލްއިން ފެށިގެން މަތީ ތައުލީމު ހާސިލްކޮށްފައިވާ އަދި ދާއިމީ ވަޒީފާއެއް އަދާކޮށްފައިނުވާ، އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ސީވީގެ އިތުރުން އެހެނިހެން ލިޔެކިޔުންތައް ހިފައިގެން މި މަހު ނުވަ ވަނަ ދުވަހުގެ މެންދުރު 2:00 އިން 4:00 އާ ދެމެދު ދިރާގުގެ ހެޑް އޮފީހުގައި އޮންނަ ވޯކް އިން އިންޓަވިއުގައި ބައިވެރިވުމަށް ދިރާގުން އެދެއެވެ.

2009 ވަނަ އަހަރުން ފެށިގެން ދިރާގުން ކުރިޔަށް ގެންދާ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 228 އަށްވުރެ ގިނަ މީހުން މިހާތަނަށް ތަމްރީން ކޮށްފައި ވެއެވެ. އޭގެ ތެރެއިން ބައެއް ޒުވާނުން މިހާރު އަންނަނީ ދިރާގުގެ އިތުރުން ބައެއް ކުންފުނިތަކުގައި ސީނިއާ ޕޯސްޓް ތަކުގައި މަސައްކަތް ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top