ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެއްޖެ. މާލެއާއި ކުޅުދުއްފުއްޓަށް ރަތް ސަމާލު

ޖހޗ.jpg

މިއަދު މާލެއާއި ކުޅުދުއްފުށީ ސިޓީއަށް ވަރަށް ބޮޑަށް ވައި ނުސާފުވެ، ރަތް ސަމާލު ނުވަތަ ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެއްޖެއެވެ.

ވައިގެ ކޮލިޓީ ދައްކުވައިދޭ އެޕެއްކަމަށްވާ އައިކުއެއާއިން ދައްކާގޮތުގައި މިއަދު މާލޭގެ ވައިގެ ކޮލިޓީ ހުރީ 159 ގައެވެ.

އައިކުއެއާއިން ދައްކާގޮތުން މިއަދުގެ މެންދުރު 12:00 އިން ފެށިގެން ވައި ކޮންމެސް ވަރަކަށް މާލެއަށް ވައި ސާފުވާން ފަށާނެއެވެ.

ހަމައެއާއެކު ރާއްޖޭގެ އުތުރުން ކުޅުދުއްފުށީ ސިޓީގައި ވައިގެ ކޮލިޓީ ހުރީ 165 ގައެވެ. އަދި ވިލިމާލޭގެ ވައިގެ ކޮލިޓީ ހުރީ 160 ގައެވެ. މިއީ ސިއްހަތަށް ނުރައްކާ މިންވަރެކެވެ.

އޭގެ އިތުރުން ހުޅުމާލޭގެ ވައިގެ ކޮލިޓީ ހުރީ 71ގައި އަދި އައްޑޫ ސިޓީގައި ހުރީ 70 ގައެވެ. މިއީ މޮޑަރޭޓް ލެވަލްއެވެ.

ވައިގެ ކޮލިޓީ ހުންނަންޖެހޭނެ އެންމެ ރަނގަޅު މިންވަރަކީ 50 އަށް ވުރެ ދަށުގައެވެ. އަދި 51 އާއި 100 އާ ދެމެދު ނަމަ އެއީ މޮޑަރޭޓް ލެވަލެވެ. އަދި 101 އާއި 150 އާ ދެމެދު އެއީ ވައިގެ ކޮލިޓީ ގޯސް ވުމެވެ. އަދި 151 އާއި 200 އާ ދެމެދު އެއީ ވައިގެ ކޮލިޓީ ވަރަށް ބޮޑަށް ގޯސްވެފައިވާ މިންވަރެވެ.

މިއީ ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ނުސާފު ދުވަސްވަރެކެވެ. އެގޮތުން ރާއްޖޭގެ ގިނަ ހިސާބުތަކަށް ވައިގެ ކޮލިޓީ ހުރީ މޮޑަރޭޓް ލެވަލްގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top