ލޯނު ދޫކުރާ އުމުރު މަތިކުރަން ރައީސް އެދިވަޑައިގެންފި

big_3qDSMsnJPaKS4747OI9HzNIDU.jpg

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރާ އުމުރުގެ ލިމިޓް 75 އަހަރަށް ނުވަތަ އެއަށްވުރެ މައްޗަށް ބަދަލުކޮށް ދިނުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

“ރައްޔިތުންގެ އަޑު” ޕްރޮގްރާމުގައި މީހަކު ވަނީ ގެދޮރު އިމާރާތް ކުރުމުގެ ލޯނު އޭނާގެ އުމުރު މަތިވެފައިވާތީ ނުލިބޭކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ދަރިން ކިޔެވުމާއި އެހެނިހެން ބޭނުންތަކަށް ލޯނު ނަގާފައިވާތީ ގެ އިމާރާތް ކުރުމަށް ލޯނު ނެގުމުގައި ދަތިތަކެއް ހުރި ކަން ފާޅުކޮށްފައެވެ. ގެ މޯގޭޖްކޮށް އެތަނުގައި އިމާރާތެއް ކުރުމުން އެތަނުގައި އަގު ހުންނާނެކަން ފާހަގަކޮށް އޭނާ ބުނީ ފައިސާ ނުދެއްކޭ ހާލަތެއްގައިވެސް އެތަން ބޭންކަށް ނެގޭނެ ކަމަށެވެ.

މި ކަންބޮޑުވުންތަކަށް ރިޢާޔަތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންގެ ދިރިހުރުމުގެ އެވްރެޖް އުމުރު މިހާރު ގާތްގަނޑަކަށް 80 އަހަރަށް އަރާފައިވާއިރު، ބީއެމްއެލް އިން ލޯނު ދޫކުރުމުގައި ޢަމަލުކުރަމުންދާ 60 އަހަރުގެ މިންގަނޑަކީ އެންމެ އެކަށީގެންވާ އުޞޫލެއް ނޫން ކަމަށެވެ. އެހެންކަމުން، މި ލިމިޓް 65 އަހަރަށް ނުވަތަ އެއަށްވުރެ މައްޗަށް މުރާޖައާކޮށްދެއްވުމަށް ބޭންކަށާއި މިނިސްޓްރީ އޮފް ފައިނޭންސަށް ހުށަހަޅުއްވާފައިވާނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

“އަޅުގަނޑު އެދިފައި އޮންނާނީ 75 އަހަރާއި ހަމައަށް ނޫނިއްޔާ އެއަށްވުރެވެސް މައްޗަށް އޭޖް ލިމިޓް. ރާއްޖޭގައި މިހާރު އެވަރެޖް އޭޖް ވަރަށް މަތީގައި އުޅެނީ. އަންހެން ބޭފުޅުންވެސް ފިރިހެން ބޭފުޅުންވެސް،” ރައީސް ވިދާޅުވި އެވެ.

މި ބަދަލާއެކު އެކަށީގެންވާ ހައްލެއް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top