ދަރަވަންދޫ ޕޮލިސް ޑެސްކްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ފުޅިތަކެއް ނައްތާލައިފި

dharavandhoo.jpg

އެކިއެކި މައްސަލަތަކާ ގުޅިގެން ދަރަވަންދޫ ޕްލިސް ޑެސްކްގެ ބެލުމުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅި ތަކެއް ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ ސެޕްޓެމްބަރ 3ވަނަ ދުވަހު ދަރަވަންދޫ ކުނިގޮނޑު ސަރަޙައްދާ ދިމާ އަތިރިމަތީގައެވެ.

ނައްތާލި ތަކެތީގެ ތެރޭގައި 167 އިންސިޑެންޓެއްގައި ހިމެނޭ އެކި ބްރޭންޑް ތަކުގެ 143 ފުޅި ބަނގުރަލާއި 148 ބިޔަރު ދަޅު ހިމެނެއެވެ.  މިއީ 2018 ފެބްރުއަރީ 1 ން ފެށިގެން މެއި 31ގެ ނިޔަލަށް  ދަރަވަންދޫގައި ޤާއިމްކޮށްފައިވާ ދަރަވަންދޫ ޑޮމެސްޓިކް އެއަރ ޕޯޓަށް ފުރަން ދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ތަކެއްޗެވެ.

ދަރަވަންދޫގައި މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top