ބ. އަތޮޅުގެ ހަތަރު ފިނޮޅު ކުއްޔަށް ދެނީ

242174_3_ef86d80ec145b5d34bc744601d074a728477d715_medium-pg4zbse6uuht8733d9b4xlmqlxz9065ii79eq143ry.jpeg

ބ.އަތޮޅު-- ފޮޓޯ :ދި އެޑިޝަން

ބ. އަތޮޅުގެ ހަތަރު ފިނޮޅު ކުއްޔަށް ދޫކުރަން އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

އަތޮޅު ކައުންސިލުން ގެޒެޓް ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ވިލިނގިލިފަރު ފިނޮޅާއި ނުރައުފުރިފަރު ފިނޮޅާއި ގިރާވަރު ފިނޮޅު 01 (އިރުމަތީ ފިނޮޅު) ގެ އިތުރުން ގިރާވަރު ފިނޮޅު 02 (ހުޅަނގު ފިނޮޅު) ކުއްޔަށް ދޭން ނިންމައި އެކަމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ހަތަރު ފިނޮޅު ވަނީ 2022 ވަނަ އަހަރުވެސް އެއް އަހަރު ދުވަހަށް ވަގުތީ ގޮތުން ބެލެހެއްޓުމަށް ތިން ފަރާތަކަށް ކުއްޔަށް ދީފައެވެ. އެތަންތަނުން ކުލީގެ ގޮތުގައި މިދިޔަ އަހަރު ބ. އަތޮޅު ކައުންސިލަށް 2.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ވެސް ލިބިފައިވެއެވެ.

ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި މި ހަތަރު ފިނޮޅު ވެސް މިފަހަރު ކުއްޔަށް ދެނީ ދިހަ އަހަރު ދުވަހަށެވެ.

މި ފިނޮޅުތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހު 15 ވަނަ ދުވަހުގެ 13:00 އަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ. އަދި ފެބްރުއަރީ 8 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީވާން ޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top