ތުޅާދޫ އިބްރާހީމް ޒާހިދުއަށް ޖެންޑާ މިނިސްޓްރީގެ ސިޔާސީ މަގާމެއް

big_PMh91gUcLHv9aFuMDVyHIuYPQ.png

ބ.ތުޅާދޫ ހަވާއީ އިބްރާހީމް ޒާހިދު ޖެންޑާ މިނިސްޓްރީގެ ސިޔާސީ މަގާމަކަށް އައްޔަން ކުރައްވައިފި އެވެ.

އެ މަގާމަށް ޒާހިދު އައްޔަނު ކުރެއްވީ، ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަގާމު އަދާކުރުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން އައްޔަން ކުރެއްވުމަށް ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. ޒާހިދު އައްޔަން ކުރައްވާފައި ވަނީ ޖެންޑަރ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށެވެ.

ޒާހިދު ވަނީ ތުޅާދޫ ކައުންސިލަރެއްގެ ގޮތުގައިވެސް ކުރިން މަސައްކަތް ކުރައްވާފައެވެ.

އްގެ ގޮތުންވެސް އެ މަގާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ތިއްބެވި އެގްޒެކެޓިވް ކޯޑިނޭޓަރުން ފަދަ މަގާމެކެވެ. އޭނާއަކީ ވަރަށް ފަހަކާ ޖެހެންދެން ރާއްޖެ ޓީވީގައި މަސައްކަތް ކުރި އާމިނަތު ނުޒުހާގެ ފިރީމީހާ އެވެ.

ޒާހިދުގެ އިތުރުންވެސް އެކި މިނިސްޓްރީތަކަށް މިސަރުކާރުން ވަނީ އެގްޒެކެޓިވް ޑިރެކްޓަރުން އައްޔަން ކޮށްފައެވެ. އެ މަގާމު ދީފައި ވަނީ ޖުމްލަ ކިތައް މީހުންނަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

އޭނާ މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ އިއްޔެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top