އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

448320417_977308160851745_5971656683962402070_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް --ފޮޓޯ: ބއތމ

އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ މެއި އަދި ޖުލައި މަހު ބޭއްވި ކެމްބުރިޖު އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ މިއަދު 12:00 އިން ފެށިގެން ދޫކުރަން ފަށާފައިވާ ކަމަށެވެ.

2023ގައި އޯލެވެލް އިމްތިހާނުގައި ބައިވެރިވީ 6،698 ދަރިވަރުންނެވެ. އަދި މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 7،501 ދަރިވަރުން ބައިވެރިވެރިވިއެވެ. އިސްލާމް އަދި ދިވެހި މާއްދާ ހިމެނޭ އެސްއެސްސީ އިމްތިހާނުގައި ބައިވެރިވީ 7،133 ދަރިވަރުން ނެވެ.

އިމްތިހާނުގެ ނަތީޖާ ރީޗެކް ކުރަން ބޭނުންވާ ދަރިވަރުންނަށް މާދަމާއިން ފެށިގެން މި މަހުގެ ނިޔަލަށް، އެ އިމްތިހާނު ހެދި ސެންޓަރަށް ހުށަހަޅައިގެން އެކަން ހަމަޖައްސަން ޑީޕީއީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އޯލެވެލް ހެދި ދަރިވަރުންނަށް މިއަދު ނަތީޖާ ދޫކުރަން ފަށާފައިވާއިރު މިއަދު ވަނީ މާލެ ސަރަހައްދުގައި ސަރުކާރުން ހިންގާ މަތީ ސާނަވީއަށް ކިޔަވައިދޭ، ސީއެޗްއެސްއީއަށް ދަރިވަރުން ވަނުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top