ވެލާ ކަހަނބު ހިމާޔަތްކުރުމާބެހޭ ފެސްޓިވަލެއް ބ.އަތޮޅުގައި

Turtle-at-night-800-800x423.jpg

ވެލާ ކަހަނބު ހިމާޔަތްކުރުމުގެ ގޮތުން ހިންގާ ބައިނަލްއަގްވާމީ ޖަމިއްޔާ، އޮލިވް ރެޑްލީ ޕްރޮޖެކްޓުން ބ. އަތޮޅުގައި ”ވާވޮށި ޓާޓަލް ފެސްޓިވަލް” ނަމުގައި ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ފެސްޓިވަލް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހިތާދޫގަ އެވެ.

އޮލިވް ރެޑްލީން ބުނީ މި ފެސްޓިވަލަކީ ވެލާ އަދި ކަނޑުތަކުގެ އެހެން ދިރުންތައް ހިމާޔަތްކުރުމާއި ބެހޭގޮތުން މީހުން ހޭލުންތެރިކުރުމާއި މައުލޫމާތު ދިނުމުގެ މަގުސަދުގައި ބާއްވާ ފެސްޓިވަލެއް ކަމުގައެވެ.

މި ފެސްޓިވަލުގައި ބ. އަތޮޅު ސްކޫލުތަކުގެ ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުން މައުލޫމަތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ކާބޯތަކެތި ވިއްކާ ސްޓޯލްތައް ވެސް ފެސްޓިވަލުގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން އުކާލެވޭ ތަކެތި ބޭނުންކޮށްގެން ތަކެތި ހެދުމާއި ސްކޫލު ދަރިވަރުންގެ މެދުގައި ފޮޓޯގްރަފީ މުބާރާތެއްވެސް ބޭއްވުމަށްވެސް މިހާރުވަނީ ހުޅުވާލައިފަ އެވެ. މި މުބާރާތްތަކުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top